އޯގާތެރިކަން އިސްކޮށް، ރައީސް ޔާމީން ގެއަށް ބަދަލުކޮށްދީ: އާދަމް ޝަރީފު

13 Apr 2021 | 14:29

އޯގާތެރިކަން އިސްކޮށް، ޖަލު ބަންދުގައި ހުންނެވި ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ގޭބަންދަށް ބަދަލުކޮށްދިނުމަށް، ޕީއެންސީގެ ޕީޖީ ލީޑަރު، އާދަމް ޝަރީފު އުމަރު ގޮވާލައްވައިފިއެވެ.

އާދަމް ޝަރީފު މިފަދައިން އެދިވަޑައިގަތީ އޭނާ ކުރައްވާފައިވާ ޓްވީޓެއްގައެވެ. އާދަމް ޝަރީފުގެ ޓްވީޓުގައި ވަނީ ބަދަލު ހިފުމާއި އަނިޔާވެރިކަން ހުއްޓާލުމަށް ސަރުކާރަށް އިލްތިމާސްކުރައްވައިފައެވެ.

"ރޯދަ މަހު ރައީސް ޔާމީން ޖަލުގައި ހޭދަކުރަން ޖެހުމުން ހާމަވަނީ ސަރުކާރުގެ އަނިޔާވެރިކަން" އާދަމް ޝަރީފު އުމަރު ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ދެ ރޯދަމަހެއް ޖަލު ބަންދުގައި ހޭދަކުރައްވަން ޖެހިވަޑައިގެންފައިވާކަން ފާހަގަކުރައްވައި އާދަމް ޝަރީފު ވިދާޅުވީ މިކަމުން އެނގެނީ ސަރުކާރު ކޯލިޝަންގެ އިސް ބޭފުޅުންގެ ހިތްތަކުގައި ބަދަލު ހިފުމުގެ ރޫޙު އޮތް މިންވަރު ކަމަށެވެ.

ރޯދަމަހަކީ އޯގާތެރިކަން އިސްކޮށް، މާފު ކުރުމާއި ހަމްދަރުދީ އިސްކުރަންވީ މަސްް ކަމަށްވެސް އާދަމް ޝަރީފު ވިދާޅުވިއެވެ.  

Advertisement

ކޮމެންޓް

Advertisement