ދަރުސް ބޭއްވުމަށް ނުރަސްމީގޮތަކުންވެސް ސަލަފް ޖަމުޢިއްޔާއަށް ހުއްދައެއް ނުދޭކަމަށް ބުނެފި

15 Apr 2021 | 23:35

ފާއިތުވެދިޔަ އަހަރުތަކުގެ ރަމަޟާން މަހުގައި ޖަމުޢިއްޔަތުއްސަލަފުން އިންތިޒާމްކޮށްގެން މާލޭގެ ފުރުޤާން މިސްކިތުގައި ބާއްވާ ޚާއްޞަ ސިލްސިލާ ދަރުސްތައް ބޭއްވުމަށް، ނުރަސްމީ ސިފައެއްގައިވެސް މިއަހަރުގެ ރަމަޟާން މަހުގެ ކުރިން ހުއްދަ ލިބިފައިފައިނުވާކަމަށް އެ ޖަމުޢިއްޔާއިން ބުނެފިއެވެ.

ސަލަފް ޖަމްއިއްޔާގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވީ ރަމަޟާންމަސް ފެށުމުގެ ކުރީން ރަސްމީކޮށްވިޔަސް އަދި ނުރަސްމީ ގޮތަކުންވިޔަސް އިސްލާމިކް މިނިސްޓްރީއިން ދަރުސްތައް ބޭއްވުމަށް އެ ޖަމުޢިއްޔާއަށް ހުއްދައެއް ދީފައިނުވާކަމަށެވެ.

"‏އަޅުގަނޑުމެންތެރޭ އެއްވެސް ފަރާތަކަށް އެނގިފައެއްވެސް ނެތް!!"، ޝައިޚް ޢަބްދުﷲ ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް "ވޮއިސް" އަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ، ޖަމުޢިއްޔަތުއްސަލަފުގެ ފަރާތުން ދީނީ ދަރުސް ބޭއްވުމަށް ހުއްދައަށް އެދި އެމިނިސްޓްރީއަށް ސިޓީ ހުށަހަޅާފައިވާ ކަމަށާއި، އަދި ހުއްދަ ދޭންވެސް ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެހުއްދަ ދިނުން ލަސްވެފައިވަނީ އިދާރީގޮތުން ކުރަންޖެހޭ ކަންތައްތަކެއް ހުރުމުން ކަމަށްވެސް އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް