ދިއްލީގައި ތިއްބެވި 33 ގައުމެއްގެ މަންދޫބުންނާއި މިނިސްޓަރ ޝާހިދު ބައްދަލުކުރައްވައިފި

16 Apr 2021 | 17:20

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އިއްޔެއާއި މިއަދު ޖުމްލަ 33 ޤައުމެއްގެ މަންދޫބުންނާއި ބައްދަލުކުރައްވައިފިއެވެ.

ދިއްލީގައި ތިއްބަވާ 33 ޤައުމެއްގެ ސަފީރުންނާއި މަންދޫބުންނާއެކު ބޭއްވެވި މި ބައްދަލުވުންތަކުގައި މިނިސްޓަރ ޝާހިދު ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތަކާއި، ވެކްސިނޭޝަންގެ އިތުރުން ދޭދޭ ޤައުމުތަކާއެކު އޮންނަ ގުޅުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ބައިނަލްއަޤްވާމީ މަސްރަހުގައި އެކުގައި މަސައްކަތްކުރުމާ ގުޅޭ ގޮތުން މަންދޫބުންނާއެކު މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން ދިއްލީގައި ހުންނަވައިގެން ފަރަންސޭސިވިލާތާއި ސްރީލަންކާގެ ޚާރިޖީ ވަޒިރުންނާ ފޯނުން ގުޅުއްވައި، މިނިސްޓަރ ޝާހިދު ވަނީ މަޝްވަރާކުރައްވާފައެވެ.

އަދި ދިއްލީގެ ހައިދަރްއާބާދު ހައުސްގައި މިއަދު އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ އެސް ޖައިޝަންކަރާއެކު ވަނީ ބައްދަލުކުރައްވާފައެވެ.

Advertisement

ކޮމެންޓް