ރައީސް ޔާމީން މާލެއަށް ގެނެސްފި

18 Apr 2021 | 16:53

މަނީލޯންޑްރިންގގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް  ޔާމީން މާލެއަށް ގެނެސްފިއެވެ.

އެނގިފައިވާ ގޮތުގައި ރައީސް ޔާމީން މާލެއަަށް ގެނެސްފައިވަނީ ފުލުހުން ކުރަމުންދާ ތަޙުޤީޤަކާއި ގުޅިގެންނާއި އައިނެއް ހެއްދުމުގެ ބޭނުމުގައެވެ. އެގޮތުން އައިނެއް ހެއްދުމަށް އެމަނިކުފާނު މިވަގުތު އޮޕްޓީޝަނަކަށް ގެންދެވިފައިވާކަން ފާހަގަކޮށްލެވެއެވެ.

ހިނގަމުންދާ ރަމަޟާން މަހާއި ދިމާކޮށް ރައީސް ޔާމީން ގޭބަންދަށް ބަދަލުކޮށްދޭން އެމަނިކުފާނުގެ ޢާއިލާ އަދި ޕީޕީއެމްއިން ވަނީ އެދިފައެވެ. އެގޮތުން އެފަދައިން އެދި އެމަނިކުފާނުގެ އަނބިކަަނބަލުން ފާތިމަތު އިބްރާހީމް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ސިޓީއެއްވެސް ހުށައަޅުއްވާފައެވެ.

މިކަމާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް