ކޮވިޑް-19އަށް މިއަދު ޕޮޒިޓިވްވީ 157 މީހުން!

19 Apr 2021 | 22:26

ދިވެހިރާއްޖެއިން އިތުރު 157 މީހަކު ކޮވިޑް-19 ޕޮޒިޓިވްވެއްޖެއެވެ.

އެޗް.ޕީ.އޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 157މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 71މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 72 މީހަކާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 12މީހަކާއި ސިނާޢީ މަސައްކަތްކުރާ ސަރަޙައްދުތަކުން ޕޮޒިޓިވްވި ދެމީހަކު ހިމެނެއެވެ.

މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 26،505 އަށް އަރާފައެވެ. މީގެ ތެރެއިން 68މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 23،691އަށް އަރާފައެވެ.

Advertisement

ކޮމެންޓް