ސިފައިންނަކީ ރާއްޖޭގެ އެންމެ ޤާބިލު ލަޝްކަރު: އާދަމް ޝަރީފު

21 Apr 2021 | 13:08

ދިވެހިރާއްޖޭގެ ކޮންމެ މުއައްސަަސާއެއް ފެއިލްވިޔަސް، އެތަނެެއް ހަމަ މަގަށް އެޅުވުމުގެ ޤާބިލުކަން ލިބިފައިވާ ލަޝްކަރަކީ ދިވެހި ސިފައިން ކަމަށް، ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރ. މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ 129 ވަނަ ސިފައިންގެ ދުވަހާއި ގުޅިގެން އާދަމް ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ދިވެހި ސިފައިންނަކީ ޤައުމުގެ އެންމެ ޤާބިލު ލަޝްކަރު ކަމަށެވެ. އަދި ސިފައިންނަށް ދުވަހުގެ ތަހުނިޔާ ދަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

"ދިވެހި ސިފައިންނަކީ ޤައުމުގެ އެންމެ ޤާބިލު ލަޝްކަރު. ރާއްޖޭގެ ކޮންމެ މުއައްސަސާއެެއް ފެއިލް ވިޔަސް، އެތަނެއް ހަމަ މަގަށް އެޅުވުމުގެ ޤާބިލުކަން ލިބިފައިވާ ލަޝްކަރު" އާދަމް ޝަރީފު ވިދާޅުވިއެވެ. 

Advertisement

ކޮމެންޓް