އެމްޕީއެލް މުވައްޒަފުންގެ މުސާރަ ބޮޑުކުރުން ފަސްކޮށްފި

27 Sep 2018 | 20:46

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބައެއް މުވައްޒަފުންގެ މުސާރަ ބޮޑުކުރުން މަޑުޖައްސާލައިފި އެވެ.

އެ ކުންފުނިން މިގޮތަށް ނިންމީ އެ ކުންފުނީގެ މުވައްޒަފުންތަކެއް އޭސީސީ އަށް މައްސަލަ ހުށަހެޅުމުންނެވެ. އެކުންފުނިން ކުރިން ނިންމާފައި އޮތީ، އިއްޔެ ހަވީރު ބޭއްވި އެ ކުންފުނީގެ ބޯޑު ބައްދަލުވުމެއްގައި، ބައެއް މުވައްޒަފުންގެ މުސާރަ ބޮޑުކުރާށެވެ.

އޭސީސީގެ އޮފިޝަލަކު އިއްޔެ ވިދާޅުވި ގޮތުގައި އެމްޕީއެލްގެ މުސާރަ ބޮޑުކުރަން އުޅޭ ކަމަށް ބުނެ ހުށަހެޅި މައްސަލަ އޮތީ އިވެލުއޭޝަން މަރުހަލާގަ އެވެ. އެއީ، އެ މައްސަލަ ބަލާނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބުވެވަޑައިގަތުމުން ސަރުކާރުގެ އެކި އޮފީސްތަކާއި ކުންފުނިތަކުގެ ހިންގުމަށް ބަދަލުކުރަމުންދާކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

Advertisement

ކޮމެންޓް