އުރީދޫއާއި އެމޭޒަން ގުޅިގެން އެމޭޒަން ޕްރައިމް ވީޑިއޯ ރާއްޖެއަށް ތަޢާރަފްކޮށްފި

21 Dec 2018 | 00:24

އުރީދޫ މޯލްޑިވްސްއާއި އެމޭޒަން ޕްރައިމް ވީޑިއޯ ގުޅިގެން ކަސްޓަމަރުންނަށް އައުއަހަރަށް ނުހަނު އެކަށޭނަ ޚިދުމަތެއް މިއަދު ތަޢާރަފްކޮށްފިއެވެ.

މިއަދު ތަޢާރަފްކުރެވިގެންދިޔަ އެމޭޒަން ޕްރައިމް ވީޑިއޯގެ ޚިދުމަތާއެކު އުރީދޫގެ މޯބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުން އަޖުމަބެލުމުގެ ގޮތުން މުޅިންހިލޭ 7 ދުވަހު ބޭނުންކުރެއްވުމަށްފަހު ފުރަތަމަ 6 މަހަށް މަހަކު އެންމެ 49 ރުފިޔާގެ ފީއަކަށް އެމޭޒަން ޕްރައިމް ވީޑިއޯގެ ޚިދުމަތް ބޭނުންކުރެއްވޭނެއެވެ. މީގެއިތުރުން ޕްރައިމް ވީޑިއޯ މެމްބަރޝިޕް ޚިދުމަތް ބޭނުންކުރެއްވުމަށް 5ޖީބީގެ ޑޭޓާއާއިއެކު މަހަކު އެންމެ 191 ރުފިޔާގެ އޮފަރއެއްވެސް އުރީދޫގެ ކަސްޓަމަރުންނަށް ލިބިވަޑައިގަންނަވާނެއެވެ. މިޚިދުމަތް އެކްޓިވޭޓްކުރެއްވުމަށް މައިއުރީދޫ އެޕް، ވެބްސައިޓް އަދި ސުޕަނެޓް ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ބޭނުންކުރެއްވޭނެއެވެ.

"ޑިޖިޓަލް އިންގިލާބާއިއެކު އަޅުގަނޑުމެން މުނިފޫހިފިލުވާ ގޮތްތަކާއި ވަޞީލަތްތައް މިއަދު މިވަނީ މުޅިން ބަދަލުވެފައި. ޓީވީޝޯތަކާއި ފިލްމު އަދި މިއުޒިކާއި އިތުރު އެހެނިހެން މުނިފޫހިފިލުވުމުގެ ވަޞީލަތްތައް ބޭނުންކުރުމަށް އިންޓަނެޓް އިޚްތިޔާރުކުރާ އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، އެމޭޒަން އާއި ގުޅިގެން މިއަދު މި ތަޢާރަފްކުރެވުނު ޕްރައިމް ވީޑިއޯގެ ޚިދުމަތުން މުނިފޫހި ފިލުވުމަށް މަގުފަހިވެ އިތުރަށް ފަސޭހަވެގެންދާނެ." އުރީދޫއިން ނެރުނު ބަޔާނުގައިވެއެވެ.

އެމޭޒަން ޕްރައިމް ވީޑިއޯއަކީ މަޝްހޫރު ފިލްމުތަކާއި ޓީވީ އެޕިސޯޑްތައް އަދި އެތަކެއް އެވޯޑް ލިބިފައިވާ ޕްރައިމް އޮރިޖިނަލްފަދަ މުނިފޫހިފިލުވަދޭ ކޮންޓެންޓް އެކުލެވިފައިވާ އޮން-ޑިމާންޑް ވީޑިއޯ ޚިދުމަތެކެވެ.

ކޮންމެތާކު ހުރެގެން ކޮންމެ ވަގުތެއްގައިވެސް ފަސޭހަކަމާއެކު ސްޓްރީމްކޮށް ޑައުންލޯޑްކޮށްލުމުގެ މަގުފަހިވެގެންދާ މިހިދުމަތުގައި ހިމެނޭ ވީޑިއޯތަކުގެ ތެރޭގައި ޓޮމް ކްލެންސީސް ޖެކް ރިޔަން، ދަ މާވެލަސް މިސިޒް މެއިޒަލް، ދަމޭން އިންދަ ހައި ކާސްލް، ހޯމްކަމިންގ، ދަ ގްރޭންޑް ޓުއަރ ފަދަ ސީރީޒްތައް ހިމެނެއެވެ. ޕްރައިމް ވީޑިއޯ ބެއްލެވުމަށް އައިއޯއެސް އަދި އެންޑްރޮއިޑް ފޯނާއި ޓެބްލެޓް މެދުވެރިކޮށް ޕްރައިމް ވީޑިއޯ އެޕް ބޭނުންކުރައްވައިގެން، ނުވަތަ ސްމާޓް ޓީވީ އަދި ގޭމިންގ ކޮންސޯލް މެދުވެރިކޮށް primevideo.com އަށް ޒިޔާރަތް ކުރައްވައިގެންވެސް މިޚިދުމަތް ބޭނުންކުރެއްވޭނެއެވެ.

އެމޭޒަން ޕްރައިމް ވީޑިއޯގެ ޚިދުމަތް ބޭނުންކުރެއްވުމަށް، ނުވަތަ އުރީދޫގެ ކަސްޓަމަރުންނަށް ލިބެންހުރި އޮފަރތަކާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް www.ooredoo.mv/prime-video ޒިޔާރަތްކުރެއްވުމުން، ނުވަތަ 929 އަށް ގުޅުއްވުމުން މި މަޢުލޫމާތު ލިބިވަޑައިގަންނަވާނެ ކަމުގައި އުރީދޫއިން މައުލޫމާތު ދެއެވެ.

މިއޮފަރއަށް ބަދަލުއައުން އެކަށީގެންވާ ކަމަށައި އަޖުމަބެލުމުގެ ގޮތުން 7 ދުވަހު ބޭނުންކުރެއްވުމަށްފަހު ޚިދުމަތް ކެންސަލް ނުކުރައްވާނަމަ ފުރަތަމަ 6 މަސްދުވަހަށް މަހަކު 49 ރުފިޔާގެ ރޭޓުން، އަދި އެއަށްފަހު މަހަކު 99 ރުފިޔާގެ ރޭޓުން އެމޭޒަން ޕްރައިމް ވީޑިއޯގެ ޚިދުމަތަށް ޗާޖު ކުރެވޭނެ ކަމަށް އުރީދުން މައުލޫމާތު ދެއެވެ. ޚިދުމަތް ބޭނުންކުރައްވަން ބޭނުންފުޅު ނުވާނަމަ ކޮންމެ ވަގުތަކުވެސް އުރީދޫ މެދުވެރިކޮށް މިޚިދުމަތް ކެންސަލް ކުރެވޭނެއެވެ.

އެމޭޒަން، އެމޭޒަން ޕްރައިމް ވީޑިއޯ އަދި ގުޅުންހުރި ހުރިހާ ލޯގޯތަކަކީ އެމޭޒަންޑޮޓްކޮމް ނުވަތަ އެމޭޒަންޑޮޓްކޮމްގެ ބައިވެރިންގެ ޓްރޭޑްމާރކެއް.

Advertisement

ކޮމެންޓް