28 Apr 2021 | 17:39
ސަރުކާރުން އުޅެނީ ޒުވާނުން މަސްތީ ދުނިޔެއެއްގައި އުޅެވޭނެ ގޮތް ހަދަން: މޮސްޓާ

މިއުޒިކް އަޑު އަހާލެވޭނެ ތަނެއް އެޅުމުގެ ނަމުގައި، ސަރުކާރުން އުޅެނީ ޒުވާނުންނަށް މަސްތީ ދުނިޔެއެއްގައި އުޅެވޭނެ ތަންތަން ހަދަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ(މޮސްޓާ) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މާލޭގައި ޒުވާނުންނަށް ހާސްކަމެއް ނެތި މިއުޒިކް އަޑު އަހާލެވޭނެ ގޮތަށް މަރުކަޒެއް ގާއިމު ކުރުމަށް ސަރުކާރަށް ގޮވާލައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފު ހުށަހެޅުއްވި ގަރާރު އިޖުތިމާޢީ ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ.

މޮސްޓާ ވިދާޅުވި ގޮތުގައި، ރާއްޖޭގައި ޒުވާނުން ފުޓްބޯޅަ ކުޅޭނެ ދަނޑުތަކާއި، ކުޅިވަރު ފެސިލިޓީސް މަދެއް ނޫނެވެ. ސިނަމާތައްވެސް އެބަހުރި ކަމަށާއި، އެތަންތަނުގައި ފިލްމެއް ނާޅުވާތާ އެތައް ދުވަހެއް ވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"އޮލިމްޕަހުގައިވެސް މަހަކު ނުދައްކާ އެންމެ ޝޯއެއްވެސް. އެހެންވީމަ މިއުޅެނީ ނާޗަރަންގީ ކުޅޭނެ ތަނެއް ހަދަން. ޔޫރަޕް ތަންތާގަ އިންނަހެން މަސްތީ ދުނިޔެއެެއްގަ އުޅެވޭ ތަންތަން ހަދަންވެގެން" މޮސްޓާ ވިދާޅުވިއެވެ.

މޮސްޓާ ވިދާޅުވި ގޮތުގައި ޒުވާނުންނަށް ހެވޭނެ ގޮތަށް ހުރި ތަންތަން މިހާރުވެސް މަދެއް ނޫނެވެ. އެގޮތުން ރެސްޓޯރެންޓްތަކާއި، ޕާކުތަކާއި މައިޒާންތައްވެސް މަދު ނޫންކަން ފާހަގަކުރެއްވިއެވެ.

ޒުވާނުންނަށް މިއުޒިކް ކުޅެވޭނެ ތަންތަން އެޅުމަށް ގޮވާލައި ގަރާރަކީ، ޒުވާނުންގެ މަގު ގެއްލުވާލައި، ހަލާކު ކޮށްލުމަށް ހުށަހަޅާފައިވާ ގަރާރެއް ކަމަށްވެސް މޮސްޓާ ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ، ކުދި ރެނދުތައް ލި
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.
11 Sep 2026
ދީނުގެ އަސާސްތައް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ
ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އަސާސްތައް ދާއިމަށް ދެމެހެއްޓުމަށްޓަކައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކޮށް ޝަރީޢަތާ އެއްގޮތަށް ޤަޟާއީ ނިޒާމު ބައްޓަންކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
11 Sep 2026
އަލްޖީރިއާއިން ޔޫއޭއީއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލަން ނިންމާފައިވާ ކަމަށް އަލްޖީރިއާއިން ބުނެފިއެވެ.
11 Sep 2026
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިއްޖެ
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.