30 Apr 2021 | 14:23
ވެރިކަމުގެ ދަހިވެތި ކަމަކީ މަސްތުވާތަކެތީގެ ވަބާއަށްވުރެ ނުރައްކާތެރި އެއްޗެއް: މޫސަ

ވެރިކަމުގެ ދަހިވެތި ކަމަކީ، މަސްތުވާތަކެތީގެ ވަބާއަށްވުރެ ނުރައްކާތެރި އެެއްޗެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު(ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވެފައިވަނީ، ވަން ޕްލަސް އިން ގެނެސްދިން "ވަން ޓު ވަން" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. މޫސަ ވަނީ ވެރިކަމުގެ ދަހިވެތިކަމުގައި ވަކި ބޭފުޅަކު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކުގެ ސަބަބުން، ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ތެރޭގައި ބައިބައިވުން އުފެދިފައިވާ ކަމަށް ވިދާޅުވެފައެވެ.

މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، އެމްޑީޕީއަށް ގިނަ ގޮނޑިތަކެއް ކާމިޔާބު ކުރެވި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުއަށް ތާއީދު އޮތް މަންޒަރު ދެއްކުމަށް ނަޝީދު ބޭނުންފުޅު ނުވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެންވެ، ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ހޯދުމަށް، ނަޝީދުގެ ފެކްޝަނުން އެދެވޭ މަސައްކަތްތަކެއް ކުރައްވާފައިނުވާ ކަމަށް މޫސަ ތުހުމަތު ކުރެއްވިއެވެ.

އަދި މާލޭގެ ކެމްޕެއިންއަށްވުރެ ކުރިން ފެށިގެން ދިޔައީ "ރަށްވެހި ފަތިސް"ގެ ނަމުގައި އަތޮޅުތަކުގެ ކެމްޕެއިން ކަމަށްވެސް މޫސަ ވިދާޅުވިއެވެ. އަތޮޅުތަކަށް ސަރުކާރުން ގިނަ ކަންތައްތަކެއް ކޮށްދީފައިވާއިރު، މިއީ ޕާޓީގެ ރައީސްއަށް "ހަޖަމު" ކުރެވުނު ކަންކަމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަމާޒު ހިފާފައި ހުރީ ވެރިކަމަށް. އަޅުގަނޑުމެން ކުޑައިރުވެސް ބުނާ އަޑު އަހަން، އަދި މިހާރުވެސް އިނގޭ. ދެން ދުނިޔަވީ ތާރީޚަށް ބެލިޔަސް އިނގޭ، ވެރިކަމަކީ މަސްތުވާތަކެތީގެ ވަބާއަށްވުރެ ނުރައްކާތެރި އެއްޗަކަށް ވާކަން" މޫސަ ވިދާޅުވިއެވެ.

މޫސަގެ ވާހަކައިގައި އެމްޑީޕީގެ ޕީޖީ ލީޑަރު ޢަލީ އާޒިމުމެން ފަދަ ބޭފުޅުން، މިފަހަރުގެ ކައުންސިލް އިންތިޚާބުގައި އެޕާޓީއަށް ކާމިޔާބީ ހޯދައިދޭން މަސައްކަތްތަކެއް ނުކުރައްވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ކައުންސިލް އިންތިޚާބު ކައިރިވަމުން އައިއިރުގައި، ރައްޔިތުންގެ މަޖިލީހުގައި މާލޭގެ ރައްޔިތުންނަށް ކޮށްދެވިފައި ނުވާ ކަންކަމުގެ ވާހަކަ، އެމްޑީޕީގެ މެންބަރުން ދެއްކެވި ކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
29 Jul 2026
މިފްކޯއިން ފަސްމީރު ބްރޭންޑުގެ 12 ދަޅު ހިމެނޭ ހަދިޔާ ޕެކެއް
މިފްކޯއިން ބުނީ ކޮންމެ ރަހައަކުން ތިން ދަޅު ހިމެނޭ މި ޕެކް 221 ރުފިޔާއަށް ލިބޭ އިރު ވަކިވަކީން ދަޅު ގަތުމަށް ވުރެ ހެޔޮ ވާނޭކަމަށެވެ
29 Jul 2026
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފްފައިދާ އިތުރުވެއްޖެ
އެސްޓީއޯގެ ޓްރޭޑިން އެކައުންޓަށް ބަލާއިރު އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ކުރީ ކުއާޓަރުތަކަށްވުރެ އިދާރީ ހަރަދުތައް ކުޑަކޮށްފައި ވުމެވެ
29 Jul 2026
ލ. ގަމުން ޒުވާނަކު ގެއްލިގެން ހޯދަނީ
ގެއްލިގެން ހޯދަމުންދަނީ ލ.ގަން ތުނޑި، ކުރިބޯށި، އަމްޖާޒް އަލީ (20) އެވެ.
29 Jul 2026
ސައުދީން ދިން ހަމަލާއާ ގުޅިގެން އިރާގުން ކުއްލި ބައްދަލުވުމެއް ބާއްވަނީ
އިރާގުގެ 'ޕޮޕިއުލާ މޮބިލައިޒޭޝަން ޔުނިޓްސް' އިން ހާމަކުރި ގޮތުގައި، ރޭގެ ވަގުތެއްގައި ސައުދީ އާއި އެމެރިކާ ގުޅިގެން އިރާގުގެ އެކި ޕްރޮވިންސްތަކުގައި ހުރި އެ ޖަމާއަތުގެ މަރުކަޒުތަކަށް ދިން ވަރުގަދަ ހަމަލާތަކުގައި އެ ޖަމާއަތުގެ 20 މެންބަރަކު ވަނީ މަރުވެފައެވެ. އަދި އިތުރު 32 މީހަކު ޒަހަމްވެފައިވާ ކަމަށްވެސް އެ ޖަމާއަތުން ބުނެފައިވެއެވެ.
29 Jul 2026
ޔެލީ ސުޕަމާޓް" ނަމުގައި އައު ފިހާރައެށް ހުޅުމާލެ ފޭސް 2 ގައި
އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޔެލީގެ ފަސްވަނަ ފިހާރަ ކަމަށްވާ "ޔެލީ ސުޕަމާޓް" ހުޅުމާލެ ފޭސް 2 ގައި ހުޅުވައިފިއެވެ. މި އާ ސުޕަމާޓު ރަސްމީކޮށް ހުޅުވައިދެއްވީ ޔެލީގެ އޯނަރުންގެ ބައްޕަ މުހައްމަދު ސަލީމެވެ.
29 Jul 2026
ހުޅުމާލެ ރަށު މާރުކޭޓު ރެއިޑްކޮށް 20 ބިދޭސީއަކު ހައްޔަރުކޮށްފި
ޓާސްކް ފޯސް އިން ހުޅުމާލެ ރަށު މާރުކޭޓުގައި ހިންގި އޮޕަރޭޝަނެއްގައި 55 ބިދޭސީއެއްގެ ލިޔެކިޔުން ބަލައި، ޤަވާއިދާ ޚިލާފުވި 20 މީހަކު ހައްޔަރުކޮށްފިއެވެ.
29 Jul 2026
މުޅިން އަލަށް ވާދަކޮށް، އެއިޓީން ތާޓީ ކްލަސިކްގެ ތަށި އެޗްޑީސީން އުފުލާލައިފި
މިއީ މި މުބާރާތުގައި އެޗްޑީސީން ވާދަކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އެ ޓީމުން ތަށި އުފުލާލީ ފައިނަލްގައި ސްޓެލްކޯގެ މައްޗަށް 4-2 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.
29 Jul 2026
އީރާނުން ޗައިނާގެ ވަރުގަދަ މިސައިލް ސިސްޓަމްތަކެއް ހޯދަނީ
މި މުއާމަލާތާ ބެހޭ މައުލޫމާތު ހުރި ތިން މަސްދަރަކުން ރޮއިޓާސްއަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި، ގާތްގަނޑަކަށް 60 އާއި 70 މިލިއަން ޑޮލަރާ ދެމެދުގެ އަގުހުރި މި އެއްބަސްވުމުގެ ދަށުން 300 އާއި 400 އާ ދެމެދުގެ އަދަދަކަށް "މޭން-ޕޯޓަބަލް އެއާ ޑިފެންސް ސިސްޓަމްސް" އީރާނަށް ލިބޭނެއެވެ. މީގެ ތެރޭގައި ޗައިނާގެ QW-12 އާއި FN-16 މަރުކާގެ މިސައިލްތައް ހިމެނެއެވެ.