އިޒްރޭލާއި ފަަލަސްޠީނުގެ މައްސަލައިގައި ތަޤުރީރު ކުރެއްވުމުގެ ފުުރުޞަތު ރައީސް ނަޝީދަށް

30 Apr 2021 | 00:54

އިޒްރޭލާއި ފަލަސްތީނުގެ މައްސަލައާއި ގުޅޭގޮތުން ތަޤުރީރު ކުރެއްވުމުގެ ފުރުޞަތު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ލިބިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަަވައިދެއްވަމުން ރައީސް ނަޝީދު ވަނީ އެކަން ހިއްސާ ކުރައްވައިފައެެވެ.

"އަޅުގަނޑަށް އެބަވޭ ދެ ސިޓީއެއް، ރައްޔިތުންގެ މަޖިލީހަކުން، ޕާލިމެންޓަކުން ދައުވަތު ލިބިފައި. އެތަނުގައި ތަޤުރީރު ކުރުމަށް ދިޔުމަށް. އެއީ ފަލަސްތީނުގެ ރައްޔިތުންގެ މަޖިލީހާއި އިޒްރޭލްގެ ރައްޔިތުންގެ މަޖިލީހުން." ރައީސް ނަޝީދު ވިދާޅުވީ، މިކަމުގައި އެމަނިކުފާނު އަދި ވަކި ގޮތަކަށް ނުނިންމަވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ފަަލަސްޠީނުގެ ރައްޔިތުންނަށް ދައުލަތެއް ޙައްޤުކަމާއިމެދު، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު އިންކާރު ނުކުރައްވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވެވޭނެ ގޮތެއް އޮތްނަމަ، އެގޮތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ދިވެހީން އަބަދުވެސް އެދޭނެ ކަމެއް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް