ADS BY STATE TRADING ORGANISATION PLC LTD

މިއަދުގެ ރެސިޕީ: ވައިޓް ސޯސް ޕާސްތާ

- 2 months ago 0 - ފަތޯނާ ފާއިޒް

މިއަދު "ވޮއިސް"ގެ ކިޔުންތެރިންނާއި މި ހިއްސާކޮށްލަނީ ވައިޓް ސޯސް ޕާސްތާ ތައްޔާރުކުރާނެ ގޮތެވެ. 

ADS BY VOICE


ބޭނުންވާ ތަކެތި:

އެއް ޕެކެޓު ޕާސްތާ

އެއް މޭޒުމަތީ ސަމުސާ ފުށް

އެއް ޖޯޑު ކިރު

 5 މޭޒުމަތީ ސަމުސާ ޗީޒް (ގާނާފައި)

އެއް މޭޒުމަތީ ސަމުސާ ގާލިކް ޕޭސްޓް

އެއް މޭޒުމަތީ ސަމުސާ އަސޭމިރުން

250 ގްރާމް ކުކުޅު

 3 ބިސް

އެއް މޭޒުމަތީ ސަމުސާ ޕާސްލޭ ފަތް

އެއް މޭޒުމަތީ ސަމުސާ ތައިމް

އެއް ފިޔާ (ކުދިކޮށް ކޮށާފައި)

އެއް މޭޒުމަތި ސަމުސާ ބަޓަރު

ކުޑަ ތެޔޮ ފޮދެއް

 ލޮނު ކޮޅެއް


ތައްޔާރު ކުރާނެ ގޮތް:

ފެން ގަނޑުގެ ތެރެއަށް ތެޔޮ ފޮދެއް އެޅުމަށްފަހު ޕާސްތާ ފެނު ކައްކާށެވެ. ޕާސްތާ ރަނގަޅަށް މަޑުވުމުން ފެން ފޮދު އުކާލުމަށްފަހު ބަހައްޓާށެވެ.

ބޯތަށްޓެއްގައި އެއް ސައިސަމުސާ ތެޔޮ، ލޮނު އަދި އަސޭމިރުސް އެއްކުރުމަށްފަހު ބަހައްޓާށެވެ.

ކުކުޅު ކޮޅު ކުދިކޮށް ކޮށާލުމަށްފަހު، އޭގެ ތެރެއަށް ގާލިކް ޕޭސްޓް އަދި ކުރިން އެއްކުރި ލޮނާއި އަސޭމިރުސް އެއްކޮށްލުމަށް ފަހު ތެލުލާށެވެ.

ވައިޓް ސޯސް ތައްޔާރު ކުރުމަށް، ތެއްޔަކަށް ބަޓަރު އަޅައި ފިޔާ ރަތްކުރާށެވެ. ދެން ފެނާއި ފުށް އެއްކޮށް ގިރުމަށްފަހު ރަތްކުރި ފިޔާގަނޑުގެ ތެރެއަށް އަޅާށެވެ. ޕޭސްޓު ގަނޑު ކުޑަކޮށް ތަތް ވަންދެން ގިރަމުން ގެންދާށެވެ.

އޭގެ ތެރެއަށް ކިރާއި، އަސޭމިރުސް، ޕާސްލޭ، ތައިމް، ދެ ސަމުސާ ޗީޒް، ބިސް (ގިރާފައި) އަދި ލޮނު އެއްކުރުމަށް ފަހު މަޑު ގިނީގައި 10 ވަރަކަށް މިނެޓު ކައްކާލާށެވެ.

ވައިޓް ސޯސް އުނދުން މަތިން ބޭލުމަށްފަހު ޕާސްތާގެ މައްޗަށް އަޅާލާށެވެ. އަދި އޭގެ މައްޗަށް، ތެލުލި ކުކުޅު ވެސް އަޅާށެވެ. ދެން އޭގެ މައްޗަށް ގާނާފައި ހުރި ޗީޒް އަޅާލާށެވެ. އޭރުން ވައިޓް ސޯސް ޕާސްތާ ތައްޔާރުކޮށް ނިމުނީއެވެ.

75%

0%

25%

ADS BY COCA COLA
0 ކޮމެންޓް

ހަބަރު