އިމްތިޙާނު ކަރުދާސްތައް ލީކުވުމުން، އޭލެވެލް އިމްތިޙާނު ކުރިއަށް ނުގެންދަން ނިންމައިފި

03 May 2021 | 18:12

އިމްތިޙާނު ކަރުދާސްތައް ލީކުވުމާ ގުޅިގެން އެޑެކްސެލް އޭ.ލެވެލް އިމްތިޙާނު ރާއްޖޭގައި ކުރިއަށްނުގެންދިއުމަށް ނިންމައިފިއެވެ.

އޭލެވެލް އިމްތިޙާނު ކުރިއަށް ނުގެންދިއުމަށް ނިންމީ މިފަހަރުގެ އިމްތިޙާނުގެ ޕޭޕަރުތައް ލީކުވުމާގުޅިގެން އިމްތިޙާނާމެދު އޮތް އިތުބާރު ގެއްލިފައިވާތީކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެެ.

އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވީ އެޑެކްސެލްއާ މަޝްވަރާކުރުމަށްފަހު، ރާއްޖޭގައި ދެން އިމްތިޙާނު ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާކަމަށެވެ.

އަދި އިމްތިޙާނުގައި ބައިވެރިވި ދަރިވަރުންނަށް ދެ ގޮތެއް އިޚުތިޔާރުކުރުމުގެ ފުރުޞަތު އެބައޮތްކަމަންވެެސް ފާހަގަކުރެއްވިއެވެ.

އެގޮތުން އޮކްޓޯބަރ-ނޮވެމްބަރުގެ އިމްތިޙާނަށް މަޑުކުރަން ބޭނުންވާ ކުދިންނަށް އެ ފުރުޞަތު ދިނުމުގެ އިތުރަށް، އަވަހަށް އިމްތިޙާނު ހަދަން ބޭނުންވާ ކުދިންނަށްވެސް އިތުރު އިންތިޒާމެއް ހަމަޖެއްސުމަށް ނިންމާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

Advertisement

ކޮމެންޓް