އެންމެފަހުން ނިޝާމާ އަދި ޝިޔާމާ މަޤާމުން ވަކިކޮށްފި

04 May 2021 | 13:41

ދުބާއީގެ ކުންފުންޏެއް މެދުވެރިކޮށް ވެންޓިލޭޓަރުތައް ގެނައުމަށް ހަވާލުކުރި މައްސަލަައިގައި ހިމެނޭ ދެ ޑެޕިއުޓީ މިނިސްޓަރުން މަޤާމުން ވަކިކޮށްފިއެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީގެ މިނިސްޓަރުކަމުން މިއަދު ވަކިކޮށްފައިވަނީ އަލްއުސްތާޛާ ޝިޔާމާ މުޙައްމަދު އަދި އަލްފާޟިލާ ނިޝާމާ މުޙައްމަދެވެ. މި ދެ ފަރާތަކީވެސް ވެންޓިލޭޓަރުތައް ގެނައުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގއަށް ހަވާލުކުރި ބިޑް ކޮމެޓީގައި ހިމެނޭ މެންބަރުންނެވެ.

އެގޮތުން ނިޝާމަކީ އެ ކޮމެޓީގެ ޗެއަރއެވެ. ޝިޔާމާއަކީ ރާއްޖޭގެ ފަރާތުން ވެންޓިލޭޓަރުތަކުގެ އެއްބަސްވުމުގައި ސޮއިކުރި ފަރާތެވެ.

މި މައްސަލައިގައި މިދިޔަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން މިއަދާއި ހަމައަށް އެފަރާތްތައް ތިއްބެވީ ސަަސްޕެންޑްކޮށްފައެވެ. ސަސްޕެންޑްކޮށްފައިވަނީ މުސާރަ ހިނގާ ގޮތަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމަށް ހެލްތު މިނިސްޓްރީން އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއާއެކު ހަދާފައިވާ އެއްބަސްވުން ބާޠިލުކުރުމަށް އިއްޔެ ވަނީ ނޯޓިސް ފޮނުވާފައެވެ.

Advertisement

ކޮމެންޓް