ރައީސް ޞާލިޙާއިއެކު ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމެއް މިރޭ!

07 May 2021 | 23:27

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް މިރޭ އެއްޗެއް ގޮއްވާލާފައިވާތީ މި ހާދިސާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އާއި ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމެއް މިރޭ ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް ޢަބްދުލް ޢަޒީޒު ވިދާޅުވީ، ރައީސް ނަޝީދަށް މިރޭ ދީފައިވާ ނުރައްކާތެރި ހަމަލާ ދިވެހި ސަރުކާރުން ކުށްވެރި ކުރާކަމަށެވެ.

އަދި މި މައްސަލަ މިހާރު ދަނީ ދިވެހި ފުލުހުންނާއި ސިފައިން ތަޙުޤީޤު ކުރަމުން ކަމަށާއި މިކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އާއި ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމެއް މިރޭ ބާއްވާގޮތަށް ހަމަޖެހިފައިވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ރައީސް ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮވާ އެމަނިކުފާނަށް އަނިޔާވެ މިހާރުދަނީ އޭ.ޑީ.ކޭގައި ފަރުވާ ދެމުންނެވެ. މި ހާދިސާ ގިނަ ފަރާތްތަކަކުން އަންނަނީ ކުށްވެރި ކުރަމުންނެވެ. އަދި މިކަމުގައި ބައިވެރިވި ފަރާތްތައް ހޯދާ ޤާނޫނުގެ ކުރިމައްޗަށް ގެނައުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

Advertisement

ކޮމެންޓް