08 May 2021 | 17:40
ތެލެސީމިއާ ހުންނަ މީހުންނަށް ކޮވިޑްގެ ރާޅުތަކުގެ ތެރޭގައިވެސް އަޅާލަންޖެހޭ!

މިއަދަކީ ދުނިޔޭގައި ފާހަގަކުރާ ތެލަސީމިއާ ދުވަހެވެ. 1994 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް މެއި 8 ވަނަ ދުވަސް އަންނަނީ ތެލަސީމިއާ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުންނެވެ. ދިވެހިރާއްޖެއަކީވެސް ތެލަސީމިއާ ބަލިމީހުން ނިސްބަތުން ގިނަ ޤައުމެކެވެ.

މިބަލީގެ ވޭން ތަޙައްމަލު ކުރަމުންދާ އެތައް ފަރާތަކީ މަރާ ހަނގުރާމަ ކުރަމުންދާ ފަރާތްތަކެކެވެ. މި ބަލީގެ ސަބަބުން ބަލި ހުންނަ ފަރާތްތަކުން އުޅެންޖެހިފައިވަނީ އާންމު އެހެން ފަރުދުންގެ ދިރިއުޅުމާއި ވަރަށް ބޮޑަށް ތަފާތު ދިރިއުޅުމެކެވެ.

ރާއްޖޭގައިވެސް ތެލަސީމިއާ އެތައް ކުދިންނާއި މީހުންނެއް ފުރާވަރު އުމުރުގައި ދުނިޔެ ދޫކުރެއެވެ. ފާއިތުވި އަހަރު އޮކްޓޯބަރ މަސް ތެރޭ، ރައްޔިތުންގެ މަޖިލީހާއި މޯލްޑިވަސް ތެލްސީމިއާ ސޮސައިޓީ ގުޅިގެން ބޭއްވި ބައްދަލުވުމެއްގައި މޯލްޑިވްސް ތެލަސީމިއާ ސޮސައިޓީގެ ޗެއާޕާޝަން ޖީހާން ސަލީމް ވިދާޅުވެފައިވަނީ، މިދިޔަ އަހަރުގައި ގާތް ގާތުގައި ތެލަސީމިއާ ކުދިންތަކެއް ދުނިޔެ ދޫކުރުމުން އެކަން މީޑިއާ އާއި އެކި ފަރާތްތަކުގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް އެކަމަކީ ތެލަސީމިއާ ކުދިންނަށް އާ ކަމެއް ނޫންކަމަށެވެ.

ތެލަސީމިއާ ބަލި މީހުންނާއި އެފަދަ ފަރާތްތަކުގެ ކަންކަމާއި ހަވާލުވެ ތިއްބަވާ ފަރާތްތަކުގެވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ، ތެލަސީމިއާ ބަލިމީހުންނަށް ބޭނުންވާ ވަސީލަތްތައް ގާއިމު ކުރެވިފައި ނެތުމުގެ މައްސަލައެވެ.

ތެލަސީމިއާ ބަލީގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެއްކަމަށްވާ ޢަބްދުލްމުޢިއްޒު ޙަސަން ވިދާޅުވީ، މިއީ ކޮވިޑް-19ގެ ޕެންޑެމިކް ތެރޭ ފާހަގަކުރާ ތެލަސީމިއާ 2 ވަނަ ދުވަސް ކަމަށާއި، ތެލަސީމިއާ ބަލިމީހުންނަކީ ކޮވިޑް-19ގެ ހައިރިސްކު މީހުންގެ ތެރޭގައި ހިމެނޭ ބައެއް ކަމަށްވާއިރު، މި ބަލި ތަޙައްމަލު ކުރަމުންދާ ފަރާތްތަކަށް ބޭނުންވާ އެންމެ ފުރިހަމަ އަޅާލުމާއި އެހީތެރިކަން، ފަރުވާ ދިނުމުގައާއި ކޮވިޑް-19ގެ ވެކްސިން ދިނުމުގެ ކަންކަމުގައިވެސް، ލިބެމުންދާކަން ޔަގީން ކުރުމަށް ކަމާއިބެހޭ އިދާރާތަކަށް ގޮވާލައްވާފައެވެ.

ޢަބްދުލްމުޢިއްޒު ޙަސަން އިތުރަށް ފާހަގަ ކުރައްވާފައިވަނީ، ތެލަސީމިއާ ބަލިމީހުންނަށް ޔަގީން ކަމާއި ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންވާ ކަންކަމުގެ ތެރޭގައި ހިމެނޭ، ލޭ ހޯދުމުގައި ދަތިތަކެއް ދިމާ ނުވުން އަދި ސައިކޯ ސޯޝަލް ސަޕޯޓްފަދަ ޚިދުމަތްތައް އެގޮތުގެމަތިން ލިބެމުންދާކަން ކަށަވަރު ކުރުން މުހިންމުކަމަށެވެ.

އަދި ކޮވިޑް-19 ފަދަ ބަލިތަކަށް ހޭލުންތެރި ކުރުމާއި އެއްވަރަށް ތެލަސީމިއާ ފަދަ ބަލިތަކަށް ހޭލުންތެރި ކުރުމަކީ މުހިންމު ކަމެއްކަމުގައި އޭނާ ވިދާޅުވެފައިވެއެވެ.

ރާއްޖެއަކީވެސް ނިސްބަތުން ތެލަސީމިއާ ބަލިމީހުން ގިނަ ޤައުމެކެވެ. އަދި ދުނިޔޭގައިވެސް އޭޝިއާ ސަރަޙައްދަކީ މި ބަލި އެންމެ ގިނަ އެއް ސަރަޙައްދެވެ. 2018 ގެ ތަފާސް ހިސާބުތަކަށް އަޅާ ބަލާއިރު ރާއްޖޭގައި ތެލަސީމިއާގެ 874 ބަލިމީހުން ރަޖިސްޓަރީ ކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ނުރައްކާތެރި އީމެއިލްތަކެއް
ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާތީ، ސަރުކާރުގެ އިދާރާތަކުންނާއި އާންމު ރައްޔިތުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.
06 Oct 2026
މައްކާ ދިފާޢީ އެއްބަސްވުން އެކްޓިވޭޓްކޮށްފި
ސަޢޫދީ ޢަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީވިލާތް ހިމެނޭ "މައްކާ އެލަޔަންސް ފޯރ ޑިފެންސް" ގެ އިސްތިރާތީޖީ-ސިޔާސީ އަދި ދިފާޢީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ގުޅިފައިވާ ދިފާޢީ ޒިންމާތައް ވަގުތުން ތަންފީޛުކުރުމަށާއި ސަޢޫދީ ޢަރަބިއްޔާއަށް އަސްކަރީ ފައުޖުތައް އަވަހަށް ފޮނުވުމަށް ނިންމައިފިއެވެ.
06 Oct 2026
"ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
ވިމެން އިން ޓެކް މޯލްޑިވްސްއިން ބުނީ 2023 ވަނަ އަހަރުން ފެށިގެން މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރަމުން އަންނަ ކަމަށެވެ. އެންމެފަހުން ޕެނަމާގައި ބޭއްވުނު ފަރސްޓް ގްލޯބަލް ޗެލެންޖުގައިވެސް ރާއްޖޭގެ ޓީމުން ވަނީ ބައިވެރިވެ، 190 އަށް ވުރެ ގިނަ ޤައުމުގެ ތެރެއިން ދުނިޔޭގެ ގަދަ 50 ގެ ތެރޭގައި ހިމެނިފައެވެ
06 Oct 2026
އެކްސިޑެންޓްގެ އެއް ސައިކަލު ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް
މާލޭގެ ބޮޑުތަކުރުފާނު މަގު، ބާޒާރުމަތީ ސަރަހައްދުގައި ދެ ސައިކަލު ޖެހި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާއިރު، އެތަނުން އެއް ސައިކަލް ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.