އޭޑީކޭގައި އެނދުމަތިކޮށްފައި ތިބޭ ބަލިމީހުންނަށް ޒިޔާރަތްނުކުރަން އެދިއްޖެ

10 May 2021 | 13:12

ކޮވިޑް-19 އާއި ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގައި އެނދުމަތިކޮށްފައިތިބޭ މީހުންނަށް ޒިޔާރަތްކުރުން ވަގުތީގޮތުން މެދުކަނޑައިލައިފައިވާ ކަމަށް އެހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

އޭޑީކޭ ހޮސްޕިޓަލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިހާރު ދުނިޔެއަށް ފެތުރެމުންދާ ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން މިއަދުން ފެށިގެން އެ ހޮސްޕިޓަަލުގައި އެޑްމިޓްކޮށް ފަރުވާދޭ ބަލިމީހުން ކައިިރިއަށް ޒިޔާރަތްކުރުން މެދުކަނޑާލައިފައިވާ ކަމަށެވެ.

އަދި އެނދުމަތިކޮށްގެން ފަރުވާދޭ ބަލިމީހުންގެ އެހީތެރިންގެ ގޮތުގައި މަޑުކުރެވޭނީ އެންމެ މީހަކަށް ކަމަށާއި އެމީހަކީ ކޮވިޑްގެ އެއްވެސް އަލާމާތެއް ހުރި މީހަކަށް ވެގެން ނުވާނެ ކަމަށް ވެސް އޭޑީކޭގެ ބަޔާނުގައި ބުނެފައިވެއެވެ.

ހަމައެހެންމެ ބަލިމީހުން ކައިރީގައި ތިބުމަށް ހޮސްޕިޓަލުން ހުއްދަ ދީފައިވާ ފަރާތްތައް ފިޔަވައި އިތުރު އެހެން މީހަކު ހޮސްޕިޓަލަށް ނައުމަށްވެސް ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

ކޮމެންޓް