ކޮވިޑަށް އަލަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1204އަށް، ބެކްލޮގް ނަތީޖާތަކެއް ހިމެނޭ!

10 May 2021 | 23:38

ކޮވިޑް-19 އަށް މިއަދު ރާއްޖެއިން ޕޮޒިޓިވް ވެފައިވަނީ 729 މީހުންކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ގެ މަޢުލޫމާތު ހިއްސާ ކުރުމަށް މިހާރު ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް ޢަޒީޒް ވިދާޅުވީ މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވީ 729 މީހުން ކަމަށާއި، ބެކްލޮގްގައި އެންޓަރ ނުކުރެވި ހުރި ސާމްޕަލްތަކުގެ ތެރެއިން މިއަދު އެންޓަރ ކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު ޖުމުލަ 1204 މީހުން ޕޮޒިޓިވް ވެފައިވާކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ބެކްލޮގް އެންޓަރކޮށް މާދަމާގެ ނިޔަލަށް ނިމޭނެ ކަމަށެވެ.

Advertisement

ކޮމެންޓް