އުރީދޫގެ ޚިދުމަތްތައް އޮންލައިންކޮށް ހޯދުމަށް އެދިއްޖެ

11 May 2021 | 15:33

އުރީދޫ އިން ފޯރުކޮށްދޭ ޚިދުމަތްތައް އޮންލައިންކޮށް ހޯދުމަށް އެކުންފުނިން އެދިއްޖެއެވެ.

އުރީދޫއިން ބުނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކާއި އެކު އުރީދޫގެ އެކްސްޕީރިއެންސް ސެންޓަރުތައް ބަންދުކޮށްފައިވާ ކަމަށެވެ. 

އެގޮތުން އުރީދޫގެ ޚިދުމަތްތައް އެ ކުންފުނީގެ މައި އުރީދޫ މޯބައިލް އެޕްލިކޭޝަނުންނާއި ޑިޖިޓަލް ސެންޓަރުތަކުން 24 ގަޑިއިރު ލިބޭނެ ކަމަށް އެކުންފުނިން މަޢުލޫމާތުދެއެވެ.

އުރީދޫގެ ޑިޖިޓަލް ސެންޓަރުތަކުން ލިބޭ ޚިދުމަތްތަކުގެ ތެރޭގައި ބިލުތައް ދެއްކުމާއި ރީޗާޖް ކުރުމާއި އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރުން ހިމެނެ އެވެ. މި ސެންޓަރުތަކަކީ ކޮވިޑް-19އާ ގުޅިގެން ގައިދުރުކަން ބެހެއްޓުމަށް އެއްބާރުލުން ދިނުމަށް ހަދާފައިވާ ސެންޓަރުތަކެއް ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ އިން ވަނީ މިހާތަނަށް ރާއްޖޭގައި ހަތް ރަށެއްގައި ޑިޖިޓަލް ސެންޓަރު ހުޅުވާފައެވެ. އެއީ މާލެ އާއި ހުޅުމާލޭގެ އިތުރުން ފުވައްމުލަކު ސިޓީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ ހިތަދޫ އަދި ގދ. ތިނަދޫ އެވެ.

Advertisement

ކޮމެންޓް

Advertisement