މާލެ ސަރަޙައްދުގެ ކެފޭ ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއިންބުއިން މަނާވާނެ!

11 May 2021 | 22:54

މާދަމާ ހަވީރު ހަތަރަކުން ފެށިގެން މާލޭގެ ކެފޭ ރެސްޓޯރަންޓްތަކުގައި ތިބެގެން ކެއުން ބުއިން މަނާވާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މާލެ ސަރަޙައްދުގައި ހިންގާ ކެފޭ، ހޮޓާ، ރެސްޓޯރަންޓު ފަދަ އާންމުންނަށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ޓޭކްއަވޭ އާއި، ޑެލިވަރީގެ ޚިދުމަތް ފިޔަވައި އެހެނިހެން ޚިދުމަތް ދިނުން މާދަމާއިން ފެށިގެން ހުއްޓާލުމަށް ވަނީ އަންގާފައެވެ. އަދި ޓޭކްއަވޭ އާއި ޑެލިވަރީގެ ޚިދުމަތްވެސް ރޭގަނޑު 12 އާއި ހަމައަށް ދެވޭނެއެވެ.

މީގެ އިތުރުން މާލެ ސަރަޙައްދުގައި ޖަމާޢަތުގައި ނަމާދުކުރުންވެސް ވަނީ މެދުކަނޑާލާފައެވެ. އެޗްޕީއޭއިން މިގޮތަށް ނިންމާފައިވަނީ ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ރެކޯޑު މިންވަރަކަށް ވަނީ އިތުރުވެފައިވާތީއެވެ.

ކޮމެންޓް