އެމްޑީޕީގެ އިސްވެރިން: ފޮޓޯ/ އެމްޑީޕީ
ހަބަރު
04 Apr 2026 | 09:45
ވަކި ވޯޓެއް ނުލާ މީހުންނަށް, އެ ވޯޓު ކަރުދާސް ދޫނުކުރަނީ ބިރު ދައްކަން: އެމްޑީޕީ

މިއަދު ތިން އިންތިޚާބެއްގެ ވޯޓުލުން ކުރިއަށްދާއިރު، އެތަނުން ވަކި އިންތިޚާބެއްގައި ވޯޓުލާން ބޭނުން ނޫން މީހުންނަށް އެ އިންތިޚާބެއްގެ ކަރުދާސްކޮޅު ނުދެނީ ސަރުކާރު މުވައްޒަފުންނަށް ބިރު ދައްކައި، އެ މީހުންގެ ވޯޓުލުމުގެ ހައްޤަށް ހުރަސްއެޅުމަށް ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތުކޮށްފިއެވެ. 

ލޯކަލް ކައުންސިލް އިމްތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހަކު ބޭއްވުމާމެދު ރައްޔިތުންނަށް ފެންނަ ގޮތެއް ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓު ހިމެނޭހެން މިއަދު ތިން އިންތިޚާބެއްގެ ވޯޓުލުން ކުރިއަށް ދެއެވެ. 

އެ އިންތިޚާބު ތަކުގެ ތެރެއިން ވަކި އިންތިހާބެއްގައި ބައިވެރިވާން ބޭނުން ނުވާ ނަމަ އެ ކަރުދާސް ނުދޭނެ ކަމަށާ، އެމީހަކަށް ދޭނީ ވޯޓުލާ އިނތިޚާބުގެ ކަރުދާސް އެކަނި ކަމަށް އީސީން ރޭ ވަނީ ބުނެފައެވެ. 

އެކަމާގުޅިގެން އެމްޑީޕީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ މިއަދު ނަގާ 3 ވޯޓުގެ ކަރުދާސް ކޮންމެ މީހަކަށް ދޫނުކުރާތީ އެކަމާ ކަންބޮޑުވުންފާޅުކޮށްފައެވެ. 

‏މިއީ، ވޯޓުގެ ސިއްރުކަން ގެއްލުވައިލުމަށް ކުރާ ކަމެއް. މި ކަމަކީ، ސަރުކާރު މުވައްޒަފުންނަށް ބިރު ދައްކައި، އެ މީހުންގެ ވޯޓުލުމުގެ ހައްޤަށް ހުރަސްއެޅުމަށް ސަރުކާރުން ކަމަށް ތުހުމަ

‏އެމްޑީޕީން ވަނީ އެކަން އެ ގޮތަށް ނުކުރުމަށް އެދިފައެވެ. ⁦‪

އިންތިޚާބުތަކާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް އީސީއާއި ފުލުހުން ގުޅިގެން ރޭ  ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އީސީގެ ރައީސް އެ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ، ވޯޓުލާން ދާ ކޮންމެ މީހަކަށް ތިން ކަރުދާސްކޮޅު ދޭނެ ކަމަށެވެ.

ނަމަވެސް ވޯޓުލާންދާ މީހާ ވަކި އިންތިހާބެއްގައި ބައިވެރިވާން ބޭނުން ނުވާ ނަމަ އެ ކަރުދާސް ނުދޭނެ ކަމަށާ، އެމީހަކަށް ދޭނީ ވޯޓުލާ އިނތިޚާބުގެ ކަރުދާސް އެކަނި ކަމަށް ކަމަށް ޒާހިދު ވިދާޅުވިއެވެ. އަދި އެމީހާ އެ ވޯޓެއްގައި ބައިވެރި ނުވާކަން އިއުލާންވެސް ކުރާނެ ކަމަށް ވިދާޅުވިއެވެ. 

"ތިން ކަރުދާސްކޮޅު އަޅުގަނޑުމެން އޭނާއަށް ދޭނެ. ދެން އެއްވެސް މީހަކު ވަކި ލާން ބޭނުން ނޫން ކަމަށްވަންޏާ އެ ކަރުދާސްކޮޅެއް ނުދޭނެ. ނުދީ އަޅުގަނޑުމެން އިއުލާންކުރާނެ އިނގޭތޯ. އަޅުގަނޑމެން އިއުލާންކުރާނެ މިވެނި މީހަކު އެ ކަރުދާސްކޮޅު ބޭނުންނޫން ކަމަށް. މި ހާމަކޮށްފައި އިއުލާންކުރާނެ. ސޯ އޮބްޒާވަރުންނާއި ހުރިހާ އެންމެނަށް އޭތި ނޯޓު ކުރެވި ފަހުން އޭތި ކެރީކުރުމުގައި އިންތިޒާމުތައް ހަމަޖެހިގެންދާނެ،" ޒާހިދު ވިދާޅުވިއެވެ.

ޒާހިދު ވިދާޅުވީ، އެންމެ ފަހުން ބޭއްވި ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައިވެސް ކަންކުރީ އެފަދައިން ކަމަށާ، މި އިންތިޚާބުގައިވެސް އެފަދައިން ޢަމަލުކުރުމަށްފަހު، ހާދިސާ ރިޕޯޓުގައި ވެސް އެކަން ލިޔާނެ ކަމަށެވެ. އެހެންކަމުން، އޮބްޒާވަރުންނާއި ހުރިހާ އެންމެނަށް ވެސް އެ ކަރުދާސްކޮޅެއް ބޭނުންނުކުރާކަން އެނގޭނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ބަޗީ
ކޮސް ނުގޮވާ! ވަކި ވޯޓެއް ލާން ބޭނުން ނުވާ މީހުނަށް އެމީހުންގެ ނުރުހުމުގައި ވޯޓުކަރުދާސް ހަވާލު ކުރުމަކީ ވޯޓަށް ނުފޫޒު ފޯރުވުމެއް.
04 Apr 2026
ގުޅޭ ލިޔުންތައް
21 Sep 2026
ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް ހިންގަން ސޮއިކޮށްފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އަބޫދާބީއަށް ނިސްބަތްވާ މަޝްހޫރު ޑިވެލޮޕަރ، އީގަލް ހިލްސްއިން ދިވެހި ސަރުކާރާއެކު 20 ބިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫޢެއް ތަރައްޤީ ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
21 Sep 2026
މަސްޖިދުލް ޙަރާމްގެ މުއައްޛިން، ޝައިޚް އިބްރާހީމް އަލްމަދަނީ އަވަހާރަވެއްޖެ
މައްކާގެ މަސްޖިދުލް ޙަރާމްގެ މަޝްހޫރު މުއައްޛިން، ޝައިޚް އިބްރާހީމް ބިން ޢާދިލް ޙަމްޒާ އަލްމަދަނީ އަވަހާރަވެއްޖެއެވެ. ޝައިޚް އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
21 Sep 2026
ނިއުގެ އެސިސްޓަންޓް ކޯޗަށް ސުޒޭރު ހަމަލާދިން މައްސަލަ ބަލަން ފަށައިފި
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރި މެޗުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް މާޒިޔާގެ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒައިރު ހަމަލާދިން މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
21 Sep 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޑަހުވަދޫއިން ތިން މީހަކު ހައްޔަރުކޮށްފި
ތިން މީހުން ވެސް ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުން ކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.
21 Sep 2026
ގައިދީން ބެލެހެއްޓުމާގުޅޭ ޕްރޮގްރާމެއްގައި ފުލުހުންގެ އޮފިސަރަކު ބައިވެރިވެއްޖެ
ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން އިންތިޒާމުކޮށްގެން ޖަޕާނުގައި ކުރިއަށްގެންދިޔަ ޖަލުތަކާއި ގައިދީން ބެލެހެއްޓުމާގުޅޭ ޚާއްޞަ ތަމްރީނު ޕްރޮގްރާމެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރަކު ބައިވެރިވެވަޑައިގެންފިއެވެ.
21 Sep 2026
ލިވަޕޫލް މޮޅުވިއިރު މެންޗެސްޓަރ ޔުނައިޓެޑަށް ފުއްދާލީ ޕޮއިންޓަކުން
ފްލަމް މޮޅުވަމުން ދަނިކޮށް ޔުނައިޓެޑް ސަލާމަތްކޮށްދިނީ 89 ވަނަ މިނެޓް ތެރޭގައި ކުންހާ އެވެ
21 Sep 2026
ފޮތް ކިޔުމުގެ އާދަ އަށަގެންނެވުމަށް ސިންގަޕޫރުން ފެށީ ތަފާތު ހަރަކާތެއް
ދިރިއުޅުމުގެ ކާރުބާރު ބޮޑު މާހައުލުގައި ދުވާލަކު 15 މިނެޓު ފޮތެއް ކިޔާލައިގެން ކުޑަ ނަމަވެސް ފައިސާގެ އިނާމެއް ލިބޭނެ ގޮތެއް އޮތްނަމަ އެކަން ކުރާނަން ހެއްޔެވެ؟ ސިންގަޕޫރުގެ ސަރުކާރުން މިހާރު މިވަނީ ފޮތް ކިޔުމުގެ އާދަ އަށަގެންނެވުމުގެ ގޮތުން މިފަދަ ތަފާތު ކެމްޕޭނެއް ފަށާފައެވެ.
21 Sep 2026
އިޓަލީގެ ސްކޫލްތަކުގައި ނިޤާބު މަނާކުރަން ހުށަހަޅަނީ
އިޓަލީގެ ބޮޑުވަޒީރު މެލޯނީ ސްކޫލްތަކުގައި ނިޤާބު މަނާކޮށް ބިދޭސީ ދަރިވަރުންގެ ޢަދަދު ކޮންޓްރޯލްކުރުމުގެ ފިޔަވަޅު އަޅަނީ