ޝައިޚް އިބްރާހީމް ބިން ޢާދިލް ޙަމްޒާ އަލްމަދަނީ-
ދުނިޔެ
21 Sep 2026 | 11:35
މަސްޖިދުލް ޙަރާމްގެ މުއައްޛިން، ޝައިޚް އިބްރާހީމް އަލްމަދަނީ އަވަހާރަވެއްޖެ

މައްކާގެ މަސްޖިދުލް ޙަރާމްގެ މަޝްހޫރު މުއައްޛިން، ޝައިޚް އިބްރާހީމް އަލްމަދަނީ އަވަހާރަވެއްޖެއެވެ. ޝައިޚް އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަވަހާރަވިީ އުމުރުން 48 އަހަރުގައެވެ. 

މަދީނާއަށް އުފަންވެވަޑައިގެންނެވި ޝައިޚް އިބްރާހީމް އަލްމަދަނީ ބޮޑުފުޅުވެގެން އައީ ދީނީ މާޙައުލެއްގައެވެ. ޚާއްޞަކޮށް ޤުރުއާން ހިތުދަސް ބޭފުޅެއް ކަމުގައިވާ އެމަނިކުފާނުގެ ކާފާފުޅުގެ ސަބަބުން ދީނީ ކަންކަމަށް ވަރަށް ބޮޑު ޝައުޤުވެވަޑައިގެންނެވިއެވެ. 

ޝައިޚް އިބްރާހީމް ބަންގި ގޮވަން ފެއްޓެވީ އުމުރުފުޅުން އެންމެ 15 އަހަރުގައެވެ. އެއީ މަދީނާގައި ޝެއިޚް ދިރިއުޅުއްވި އަވަށު މިސްކިތުގައެވެ. ކޮލެޖް ތަޢުލީމު ނިންމަވަންދެން އަވަށުގެ އެހެން މީހުންނާ އެކު ބަހާލައިގެން އެ މިސްކިތުގައި ބަންގި ގޮއްވަމުން ގެންދެވިއެވެ. ނަމަވެސް، މަދީނާއިން ބޭރުގައި ކިޔަވައިދިނުމުގެ މަސައްކަތް ކުރައްވަން ޖެހިވަޑައިގަތުމުން ދުވަސްކޮޅަކަށް އެ ޚިދުމަތް މެދުކަނޑާލަން ޖެހުނެވެ.

އޭގެ ފަހުން، ހިޖުރައިން 1428 ވަނަ އަހަރު މަސްޖިދުލް މަދާޙުގައި އަލުން ބަންގި ގޮވުމުގެ ޚިދުމަތް ފެއްޓެވިއެވެ. އަދި މަސްޖިދުލް ޙަރާމްގެ ރަސްމީ މުއައްޛިނެއްގެ ގޮތުގައި އެމަނިކުފާނު ހަމަޖެއްސެވީ 2018 ވަނަ އަހަރު ގައެވެ.

ޤުރްއާނިކް ސްޓަޑީޒްގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރައްވާފައިވާ ޝައިޚް އިބްރާހީމް އަލްމަދަނީ ފާހަގަކުރެވިފައިވަނީ މަދީނާ އަދި މައްކާގެ ބަންގީގެ ރާގުތައް އެއްކޮށްލައްވައިގެން ރީތިކޮށް ބަންގި ގޮއްވެވި ބޭފުޅެއްގެ ގޮތުގައެވެ. މަދީނާގެ ރާގުތަކުގެ އިތުރުން މައްކާގެ ޚާއްޞަ ރާގުތައް އެމަނިކުފާނު ދަސްކުރެއްވީ ބައްޕާފުޅާއެކު މައްކާއަށް ކުރެއްވި ދަތުރުފުޅުތަކުގައި، މަސްޖިދުލް ޙަރާމްގެ ކުރީގެ މުއައްޛިން ޝައިޚް ޢަބްދުއްލަޠީފް މުއްލާގެ އަރިހުންނެވެ.

ޝައިޚް އިބްރާހީމް އަލްމަދަނީ އަވަހާރަވުމާ ގުޅިގެން އިސްލާމީ އުންމަތުގެ ގިނަ ބަޔަކު ދަނީ އެމަނިކުފާނުގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތް ލެއްވުމަށާއި ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ކޮންގްރެސްގައި 986 އަށްވުރެ ގިނަ ކޮންގްރެސްމަނުން ބައިވެރިވާނެ: އެމްޑީޕީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ކޮންގްރެސްގައި ބައިވެރިވުމަށް 986 އަށް ވުރެ ގިނަ މަންދޫބުން މިހާތަނަށް ރަޖިސްޓްރީވެފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.
22 Sep 2026
ނައިބު ރައީސް އދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނަށް ޒިޔާރަތްކުރައްވައިފި
އެކުވެރި ދައުލަތްތައް (އދ.) ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގެ ހަވާސާގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް، އދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފިއެވެ.
22 Sep 2026
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކަނޑުހުޅުދޫއިން ދެ މީހުން ހައްޔަރުކޮށްފި
ގެމަނަފުށީ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، ކަނޑުހުޅުދޫ ދެ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށާ އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ 17 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
22 Sep 2026
ކަޅުބިލަ މަހުގެ އަގު 22 ރުފިޔާއަށް
މަސް ގަންނަ އަގަށް މި ބަދަލު ގެނެސްފައިވަނީ މި ދުވަސްވަރުގެ މަސްވެރިކަމުގެ ޙާލަތަށާއި، ދުނިޔޭގެ ބާޒާރާއި ރާއްޖޭގެ އެތެރޭގެ މާކެޓުގައި މަހުގެ އަގުތަކަށް އަންނަމުންދާ ލޮޅުންތަކަށް ރިޢާޔަތްކުރުމަށް ފަހުގައެވެ.
22 Sep 2026
ކޮންގްރެސް ބާއްވަން ސަރުކާރުން ތަނެއް ނުދިން: އެމްޑީޕީ
އިދިކޮޅު މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް އަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށާަ އެހެން ނަމަވެސް، އެ ކޮންގްރެސް މާލެ ސިޓީ ކައުންސިލް ހޯލު ބިމުގައި ޓެންޓް ޖަހައިގެން ވެސް ކުރިއަށް ގެންދާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
22 Sep 2026
4 ވަނަ އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ބެޑްމިންޓަން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުއެވެ. މި ފަހަރުގެ މުބާރާތުގައި އެމްއެންޔޫގެ އެކި ފެކަލްޓީތަކުން ތަމްސީލުކުރާ ޖުމްލަ 11 ޓީމަކުން ބައިވެރިވެއެވެ
22 Sep 2026
އީގަލް ހިލްސްއިން އަޅާ 5،000 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ
ޔޫއޭއީގެ މަޝްހޫރު ޑިވެލޮޕަރު ކުންފުނި "އީގަލް ހިލްސް" އިން ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 5،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.