މިއަދު ކުރިއަށްދާ އިންތިހާބުގައި ބަޔަކު ވޯޓުލާންގޮސް... ފޮޓޯ: ވޮއިސް
ހަބަރު
04 Apr 2026 | 11:26
ރައްޔިތުން ވޯޓުލާން ނެރުމަށް އިލެކްޝަންސް އިން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރޭ: ޔާމީން

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރިއަށްގެންދާ ފެންނަ ނުފެންނަ ވޯޓުގެ ކަންކަމުގައި އެ ކޮމިޝަނުން ވަރަށް ބޮޑަށް ފަރުވާކުޑަކޮށްފައިވާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވެފައިވަނީ މިއަދު ވޯޓުލުމަށްފަހު މީޑިއާއަށް ދިން ބަސްދީގަތުމެއްގައެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ދުސްތޫރަށް ބަދަލު ގެނައުމާ ގުޅޭ މުހިންމު ވޯޓެއް ނަގަމުންދާއިރު، ރައްޔިތުން ވޯޓުލާން ނެރުމަށް އީސީން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވާ ކަމަށެވެ.

އަހުމަދިއްޔާ ސްކޫލުގައި ހުރި ވޯޓު ފޮއްޓަކަށް ވޯޓުލެއްވުމަށް ފަހު ރައީސް ޔާމީން ވިދާޅުވީ، މިއީ ދުސްތޫރީ ނިޒާމުގެ އަސާސީ ސިފައަކާ ގުޅުންހުރި ކަމަކަށް ވާތީ، މިއީ އެއްވެސް ރައްޔިތަކު އިހުތިޔާރީ ވޯޓެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށެވެ.

ހުރިހާ ބޭފުޅުން ވެސް މިއަދު ވޯޓު ދެއްވަން ވަޑައިގަންނަވާ. އެއްގޮތަކަށް ވެސް އިހުތިޔާރީ ވޯޓަކަށް މި ވޯޓު ނުބައްލަވާ. މަޖުބޫރު ވޯޓަކަށް ހައްދަވާ

ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ މި ވޯޓަކީ ކޮންމެ ރައްޔިތަކު ވެސް ނުކުންނަން ޖެހޭ "މަޖުބޫރު" ވޯޓެއްގެ ގޮތުގައި ބަލަން ޖެހޭނޭކަމަށެވެ. އަދި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެ ބަސް ބުނެފައިވާ ވޯޓެއްކަން ކަށަވަރު ކުރުމަކީ އިލެކްޝަންސް ކޮމިޝަނުގެ ޒިންމާއެއް ކަމަށާއި، ނަމަވެސް އެ ކޮމިޝަނުން ކަންކަން ހަމަޖައްސާފައި ވަނީ ވަރަށް ގައިރު ޒިންމާދާރުކޮށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ޚާއްސަކޮށް، ރާއްޖޭން ބޭރުގައި ތިބި އެތައް ހާސް ދިވެހިންނަށް ވޯޓުލެވޭނެ އިންތިޒާމު ހަމަނުޖެއްސުމާއި، ވޯޓު ފޮށިތައް ނުބެހެއްޓުމަކީ ބޮޑު އިހުމާލެއް ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން، ވޯޓުލާން އަންނަ މީހަކު ވަކި ކަރުދާހެއް ނަގަން ބޭނުން ނުވާ ނަމަ އެ ކަރުދާހެއް ދޫކޮށްލެވޭ ގޮތަށް ހަމަޖެއްސި ހަމަޖެއްސުމަށްވެސް ވަނީ ފާޑުވިދާޅުވެފައެވެ. އަދި ރީރަޖިސްޓްރޭޝަންގައި އިލެކްޝަނުން އަމަލުކުރިގޮތްވެސް ކަމުނުދާކަމަށް ރައީސް ޔާމީން ވަނީ ފާހަގަކުރައްވާފައެވެ.

ރީރަޖިސްޓްރީވާން މީހުންގެ އިންޓްރެސްޓެއް، ޝައުގެއް ފެންނަން ނެތީމައި ތިމަންނަމެންގެ [އީސީގެ] ވެސް އިންޓްރެސްޓެއް ނެތޭ. އެހެނެއް ނޫން އެ ކަން އޮންނަން ވާނީ. އީސީގެ އިންޓްރެސްޓް އޮންނަން ވާނެ ގައުމީ މިހާ ބޮަމެތި ކަންކަމުގައި މީހެއްގެ އިންޓްރެސްޓް ނެތަސް

ކުރީގެ ރައީސް ޔާމިން 

މިއަދު ކުރިއަށްދާ ވޯޓުލުމުގައި ޖުމްލަ 294,937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. މި ވޯޓުލުމުގައި ހިމެނެނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓެވެ.

ވޯޓުލުން ކުރިއަށްދަނީ، މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
ރާއްޖެއާއި މެލޭޝިއާއާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި
ދީނީ އަދި ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު މުހިންމު ފަހުމުނާމާ (އެމްއޯޔޫ) ތަކެއްގައި މިއަދު ސޮއިކޮށްފިއެވެ.
15 Sep 2026
ސްޕޯޓްސް ކޮމިޝަނަރުގެ ޒިންމާތައް ވަގުތީ ގޮތުން ހާނިމްއާ ހަވާލުކޮށްފި
ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގައި ހުންނެވި މުޙައްމަދު ޠަލާލް އެހެން މަގާމަކަށް ބަދަލުކުރެއްވުމާ ގުޅިގެން، އެ އޮފީސް ހިންގުމުގެ އެންމެހައި ޒިންމާތައް ވަގުތީ ގޮތުން ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރު މުޙައްމަދު ހާނިމްއާ ހަވާލުކޮށްފިއެވެ.
15 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މަރުޙަބާ ދަންނަވައިފި
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މިއަދު މަރުޙަބާ ދަންނަވައިފިއެވެ.
15 Sep 2026
ޕީއެންސީ މަތީ މަޖިލިސް ފަށައިފި
މި ހަރަކާތުގައި ކައުންސިލްތަކުގެ ޕީއެންސީ ރައީސުންނާއި، އަންހެނުންގެ ކޮމިޓީތަކުގެ ރައީސާއިންނާއި މަންދޫބުންގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ބައިވެރިވާނެއެވެ.
15 Sep 2026
އެމްއެންޔޫގެ "ސާގާފީ ސައި" ހަރަކާތް ފަށައިފި
ތަފާތު ޤައުމުތަކާއި ސަގާފަތްތަކުން އެމްއެންޔޫގައި ތަޢުލީމު ޙާޞިލުކުރާ ދަރިވަރުން އެއް ޕްލެޓްފޯމަކުން ގުޅުވައިލުމުގެ ބޭނުމުގައި ބޭއްވި މި ހަރަކާތް މިހާރު ވެފައި ވަނީ ޔުނިވާސިޓީގައި ގަވާއިދުން ކުރިއަށް ގެންދާ ޙަރަކާތަކަށެވެ. ދަރިވަރުންގެ މެދުގައި ގާތް ގުޅުމެއް ބިނާކޮށް ސަގާފީ ހޭލުންތެރިކަން އިތުރުކުރުމަކީ މި ހަރަކާތުގެ މައިގަނޑު މަޤުޞަދެވެ.
15 Sep 2026
ޕީއެންސީން ހަމަނުޖެހުމަށް ޖާގަ ނުދިނުމަށް ރައީސް އިލްތިމާސްކުރައްވައިފި
ޒިންމާދާރުކަން ކުޑަ ޢަމަލުތަކުން ޤައުމުގައި ހަމަނުޖެހުން އުފެއްދުމަށް ޕީއެންސީގެ ލަޝްކަރުން ޖާގަ ދީގެން ނުވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެ، ޤައުމު އިސްކުރުމަށް ގޮވައިލައްވައިފިއެވެ.
15 Sep 2026
ސްޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރީ ސިޔާސީ ބޭނުމެއްގައެއް ނޫން
ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން އެމަނިކުފާނު ފަނޑިޔާރުންނަށާއި ސިޔާސީންނަށް އަނިޔާވެރިވި ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
15 Sep 2026
މައިކްރޯސޮފްޓަށް ބަރޯސާވުން ކުޑަކުރުމަށް ސްވިޒަލޭންޑުގައި މަޝްރޫޢެއް
ބޭރުގެ ޓެކްނޮލޮޖީ ކުންފުނިތަކަށް ބަރޯސާވުން ކުޑަކޮށް، ޑިޖިޓަލް މިނިވަންކަން (ޑިޖިޓަލް ސޮވަރިންޓީ) ކަށަވަރުކުރުމުގެ ގޮތުން، ސަރުކާރުގެ އިދާރާތަކުގައި އޯޕަން ސޯސް ސޮފްޓްވެއާ ބޭނުންކުރުމަށް ސްވިޒަލޭންޑް ސަރުކާރުން 11 މިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރު (9 މިލިއަން ސްވިސް ފްރޭންކް) ޚަރަދުކުރުމަށް ފާސްކޮށްފިއެވެ.