ޕީއެންސީ މަތީ މަޖިލިސް ފެށުމުގެ ރަސްމިެއޔާތުގައި ރައީސް ވާހަކަދައްކަވަނީ- ފޮޓޯ/ ޕީއެންސީ
ހަބަރު
15 Sep 2026 | 09:35
ސިޔާސީ މައިދާނުގައި ޒިންމާދާރުކަން ކުޑަ ޢަމަލުތައް ހިންގައި ޤައުމުގައި ހަމަނުޖެހުން އުފެއްދުމަށް ޕީއެންސީން ޖާގަދީގެން ނުވާނެ: ރައީސް

ސިޔާސީ މައިދާނުގައި ޒިންމާދާރުކަން ކުޑަ ޢަމަލުތައް ހިންގައި ޤައުމުގައި ހަމަނުޖެހުން އުފެއްދުމަށް ޕީއެންސީގެ ބަދަހި ލަޝްކަރުން ޖާގަ ދީގެން ނުވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސޯޝަލް ސެންޓަރުގައި ބޭއްވި ޕީއެންސީގެ މަތީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ޕީއެންސީގެ އަސާސީ ފަލްސަފާ ބިނާވެފައި އޮންނަނީ ހަމަޖެހުމާއި ތަރައްޤީ އަދި ރައްކާތެރިކަމުގެ މައްޗަށް ކަމަށެވެ. ރިޔާސީ މެނިފެސްޓޯ އާއި ސަރުކާރުގެ ސިޔާސަތުތައް ވެސް ގުޅިލާމެހެނީ މި ތިން ކަމާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު ޚާރިޖީ ސިޔާސަތުގައި ވެސް އެންމެ ފުރަތަމަ އިސްކުރައްވަނީ ދިވެހި ޤައުމު ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ ޒިންމާދާރު ސިޔާސީ ޕާޓީއެއް އަޅުގަނޑުމެން އިސް ކުރަނީ ހަމަ ޔަގީނުން ވެސް ގައުމު. އަޅުގަނޑުމެންގެ އަމިއްލަ ނޫނީ ވަކި މީހެއްގެ މަސްލަހަތެއް ނޫން އިސްކުރަނީކީ. އަޅުގަނޑުމެން އިސް ކުރަނީ ގައުމު. ގައުމިއްޔަތު. ދީނާއި އަޅުގަނޑުމެންގެ ސަގާފަތާއި އަޅުގަނޑުމެންގެ އަމިއްލަވަންތަކަން." 

ރައީސް މުޢިއްޒު

ރާއްޖޭގެ ސިޔާސީ މައިދާނުގައި ކަންކަން ހިނގަމުންދާ ގޮތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ރައީސް ވިދާޅުވީ އެއްވެސް އިމެއް ނެތި ޒިންމާދާރުކަން ކުޑަ ގޮތުގައި ޢަމަލުކުރާ ތަން ފެންނަ ކަމަށެވެ.

"އެއްވެސް ކަހަލަ އިމެއް ނެތް ގޮތަށް ގައުމުގައި ހަމަޖެހުން އުފެއްދުމަށް، އެކި ކަހަލަ ކަންކަމުގައި ޒިންމާދާރު ކަން ކުޑަ ގޮތުގައި ކަންތައްތައް ކުރާ ތަން ފެނޭ. އެކަހަލަ އެއްވެސް ކަންކަމަކަށް އަޅުގަނޑުމެންގެ މި ބަދަހި ލަޝްކަރުގެ ތެރެއަށް ފުރުސަތު ދީގެން ނުވާނެ،"

ރައީސް މުޢިއްޒު

ރައީސް ވިދާޅުވީ، ޕީއެންސީއަކީ ޒިންމާދާރު ސިޔާސީ ޕާޓީއެއް ކަމަށާއި އެއްވެސް އަމިއްލަ ވަކި ބޭފުޅެއްގެ ނުވަތަ ވަކި މީހެއްގެ މަޞްލަޙަތު އެ ޕާޓީން އިސްނުކުރާނެ ކަމަށެވެ. އަދި ޕާޓީގެ މެންބަރުން އެއް ރޫޙެއްގައި ބަދަހި ގުޅުމެއް ބާއްވައިގެން ކޮންގްރެސްގެ ކަންކަން ކުރިއަށް ގެންދެވުމަށް ވެސް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

"ގައުމުގެ ކަންކަން ކުރުމުގައި ޕާޓީގެ ދައުރު ފުޅާކޮށް، އިތުރުކޮށް ޕާޓީގެ ހުރިހާ ގުނަންތަކެއް އެކުގައި މަސައްކަތްކޮށް، ޕާޓީގެ ހުރިހާ މެމްބަރުން އެއް ރޫހެއްގައި އެއް އާއިލާއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އަޅުގަނޑުމެން މިތަނަށް އައިސް މި ތިބީ،"

ރައީސް މުޢިއްޒު

2023 ވަނަ އަހަރުގެ ނޮވެމްބަރު 17 ގައި ޕީއެންސީގައި ތިބީ 3000 މެންބަރުން ކަމަށް ވީ ނަމަވެސް މިހާރު އެ ޢަދަދު ގާތްގަނޑަކަށް 80000 އަށް އިތުރުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައި ޕީއެންސީ ކުރިއަށް ދާއިރު މި ކާމިޔާބީ އެމަނިކުފާނު ސިފަކުރެއްވީ މެންބަރުން ޕާޓީ ވަރުގަދަކުރުމަށް ކުރައްވާ މަސައްކަތުގެ ނަތީޖާގެ ގޮތުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.