ކުރީގެ ރައީސް ޔާމީން-
ހަބަރު
15 Sep 2026 | 09:15
ސްޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރީ ސިޔާސީ ބޭނުމެއްގައެއް ނޫން؛ އިންސާފު ޤާއިމް ކުރަން: ރައީސް ޔާމީން

ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން އެމަނިކުފާނު ފަނޑިޔާރުންނަށާއި ސިޔާސީންނަށް އަނިޔާވެރިވި ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ އެރޭ ހިނގައިދިޔަ ކަންކަމުގެ ތަފްސީލު ހާމަކުރައްވާފައެވެ.

2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ހިނގައިދިޔަ ކަންކަމަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ޤާނޫނާ ޚިލާފަށް އެއްވެސް ކަމެއް ނުކުރައްވާ ކަމަށާއި އެމަނިކުފާނު މަސައްކަތް ކުރެއްވީ އިންސާފު ޤާއިމުކުރެއްވުމަށް ކަމަށެވެ. އަދި ސިޔާސީ ގޮތުން އެއްވެސް ބޭފުޅަކު ހައްޔަރުކޮށް އަނިޔާވެރިވެފައި ނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ރައީސް ޔާމީން ވިދާޅުވީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ޤާސިމް އިބްރާހީމާއި، ޝައިޚް ޢިމްރާން ޢަބްދުالله ހިމެނޭހެން ސިޔާސީ ބޭފުޅުން ޖަލަށްލާފައި ތިބީ ޝަރުޢީ ތިން މަރުޙަލާ ނިމިގެން ކަމަށެވެ. އަދި އެއީ ޤާނޫނާ އެއްގޮތަށް ނިމިފައިވާ މައްސަލަތަކެއް ކަމަށާއި، ފަހުން ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި އެ މައްސަލަތައް ކުރިން ނިންމީ އަވަސްއަރުވާލައިގެން ކަމަށް ބުނެފައި އޮތުމަކީ ޢަދުލުވެރިކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، އެރޭ ސިފައިންނާއި ފުލުހުން ސުޕްރީމް ކޯޓަށް ވަދެގަތް ހާދިސާއާ ގުޅިގެން ރައީސް ޔާމީން ވިދާޅުވީ، އެކަން ކުރީ ސިޔާސީ ބޭނުމެއްގައި ނޫން ކަމަށެވެ.

”ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ނެރެގެން އެކަން ކުރީކީ އެއްގޮތަކަށް ސިޔާސީ ކަމެއް ނޫން. އެކަން ދިމާވީ ކިހިނެއްވެގެންތޯ ދެނެގަންނަން އަޅުގަނޑު ކުރި މަސައްކަތުގައި އަޅުގަނޑަށް މިއަންނަނީ މެސެޖުތަކެއް. ހަމަ އެރޭ އެމްއެންޑީއެފް އެކަން ހިންގަމުން ދިޔައިރު އަޅުގަނޑު ފޯނަށް އަންނަ ފެށީ މެސެޖުތަކެއް. ތަފްސީލާއެކީ، ހުއްޖަތާއެކީ.“

ރައީސް ޔާމީން.

މިއާއެކު ޔާމީން ވިދާޅުވީ، ސުޕްރީމް ކޯޓުގެ އޭރުގެ އުއްތަމަ ފަނޑިޔާރު ޢަބްދުالله ސަޢީދާއި ފަނޑިޔާރު ޢަލީ ޙަމީދު ފުލުހަށް ހާޒިރުކުރަން ޖެހުނީ އެބޭފުޅުން ނެރުއްވި އަމުރަކާ ގުޅިގެން ނޫން ކަމަށެވެ. އެގޮތުން އެ ދެ ފަނޑިޔާރުންނަށް ލިބިވަޑައިގަންނަވާ އާމްދަނީއާ ނުބައްދަލު މުއްސަނދިކަން ހުރި ކަމުގެ ތުހުމަތުތަކެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

”އަބްދުالله ސައީދަށް މީ މެލޭޝިއާގެ ދެ ފްލެޓް. އަލީ ހަމީދަށް މެލޭޝިއާގެ މިތައް ފްލެޓް. މީ ގެންދެވިފައި މިއޮތީ، ޖާމިނުވެފައި މިއޮތީ މިއެނި ކުންފުންޏަކުން މިއެނި މީހެއްގެ ދަރިއެކޭ. އެހެންވީމަ އެއްކަންކަމަށް ބިނާކޮށްފަ ޢަލީ ޙަމީދާ ޢަބްދުالله ސަޢީދާ ގެންދެވީ އެ މީހުންނަށް ދެވޭ ޢާމްދަނީއާ ނުބައްދަލު ހޭދައެއް ކުރި ކަމެއްގައިކަންތޯ ސުވާލުކުރަން ޕޮލިސްއަށް ހާޒިރުކުރީ. އެއް ގޮތަކަށްވެސް އެބޭފުޅުން ކުރި އަމުރާ ގުޅޭ ކަމެއް ނޫން،“

ރައީސް ޔާމީން.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ސުޕްރީމް ކޯޓުގައި ތަޅުއެޅުވި ކަމަށް ބުނެ ދައްކަނީ ސިޔާސީ ވާހަކަތަކެއް ކަމަށާއި، ފަނޑިޔާރުންނާ މެދު ޢަމަލުކުރާނެ އުޞޫލުތައް ޤާނޫނުއަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ނުވަތަ ކުށުގެ ތުހުމަތެއް އޮތްނަމަ އެކަމެއް ތަޙުޤީޤު ކުރެވެން ޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.