-
ދުނިޔެ
15 Sep 2026 | 08:06
މައިކްރޯސޮފްޓަށް ބަރޯސާވުން ކުޑަކުރުމަށް ސްވިޒަލޭންޑުން 11 މިލިއަން ޑޮލަރުގެ މަޝްރޫޢެއް

ބޭރުގެ ޓެކްނޮލޮޖީ ކުންފުނިތަކަށް ބަރޯސާވުން ކުޑަކޮށް، ޑިޖިޓަލް މިނިވަންކަން (ޑިޖިޓަލް ސޮވަރިންޓީ) ކަށަވަރުކުރުމުގެ ގޮތުން، ސަރުކާރުގެ އިދާރާތަކުގައި އޯޕަން ސޯސް ސޮފްޓްވެއާ ބޭނުންކުރުމަށް ސްވިޒަލޭންޑް ސަރުކާރުން 11 މިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރު (9 މިލިއަން ސްވިސް ފްރޭންކް) ޚަރަދުކުރުމަށް ފާސްކޮށްފިއެވެ.

ސްވިޒަލޭންޑުގެ ފެޑެރަލް ކައުންސިލުން ފާސްކުރި މި މަޝްރޫޢުގެ ދަށުން، ސަރުކާރުގެ 3،000 ކޮމްޕިއުޓަރުގައި އޯޕަން ސޯސް ސުއިޓެއް ކަމަށްވާ "އޯޕަންޑެސްކް" ޤާއިމުކުރެވިގެންދާނެއެވެ. މި ނިޒާމު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިހާރު ބޭނުންކުރަމުންދާ "މައިކްރޯސޮފްޓް 365" އެއްކޮށް ހުއްޓާލުމުގެ ބަދަލުގައި، އޭގެ ބެކަޕް ނުވަތަ އިތުރު އިޚްތިޔާރެއްގެ ގޮތުގައެވެ.

"ބޮސް"ގެ ނަމުގައި ފެޑެރަލް ޗާންސެލަރީން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ސްވިޒަލޭންޑް ސަރުކާރުގެ މުވައްޒަފުން ބޭނުންކުރާ ޖުމްލަ 54،000 ވޯކްސްޓޭޝަންގެ ގާތްގަނޑަކަށް 7 އިންސައްތައެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް 2027 ވަނަ އަހަރުގެ ކުރީކޮޅު ފަށައި، އެ އަހަރުގެ ނިޔަލަށް ނިޒާމު ފުރިހަމައަށް ބޭނުންކުރަން ފެށުމަށް ވަނީ އަމާޒުހިފާފައެވެ. ސަރުކާރުގެ ހުރިހާ ދާއިރާތަކަކަށް މި ބަދަލު ގެންނާނީ 2027 ވަނަ އަހަރުގެ ޓެސްޓު މަރުޙަލާގެ ނަތީޖާއަށް ބެލުމަށްފަހުގައެވެ.

ޖަރުމަނުގެ "ޒެންޑިސް"އިން ތަރައްޤީކޮށްފައިވާ "އޯޕަންޑެސްކް" އަކީ އީމެއިލް، ފައިލް ސްޓޯރޭޖް، ވީޑިއޯ ކޮންފަރެންސް އަދި ޗެޓް ކުރުމަށް ޚާއްޞަ އެތައް އޯޕަން ސޯސް ޓޫލްތަކެއް އެކުލެވޭ ފުރިހަމަ ޕެކޭޖެކެވެ. ސިވިލް އިދާރާތަކުގައި މި މަސައްކަތް މަޑުމަޑުން ކުރިއަށްދާއިރު، ސްވިޒަލޭންޑުގެ އަސްކަރިއްޔާ (ސައިބާ ކޮމާންޑް) އިން ވަނީ އޮކްޓޫބަރު މަހުގެ ނިޔަލަށް މައިކްރޯސޮފްޓް ބޭނުންކުރުން އެއްކޮށް ހުއްޓާލައި، އޯޕަންޑެސްކަށް ބަދަލުވާން ނިންމާފައެވެ.

ސްވިޒަލޭންޑުން މިފަދަ ބަދަލެއް ގެންނަން ނިންމި މައިގަނޑު ސަބަބުތަކުގެ ތެރޭގައި، އެމެރިކާގެ ކުންފުނިތަކަށް ބަރޯސާވުމުން ޑޭޓާގެ ރައްކާތެރިކަމަށް އޮތް ނުރައްކާތައް ކުޑަކުރުމާއި، އަހަރުން އަހަރަށް މައިކްރޯސޮފްޓްގެ އަގުތައް އިންތިހާއަށް އުފުލެމުން ދިއުން ހިމެނެއެވެ. އަދި މިއީ 2024 ވަނަ އަހަރު ސްވިޒަލޭންޑުގައި ޢަމަލުކުރަން ފެށި "އެމްބެގް" ޤާނޫނުގެ ދަށުން، ސަރުކާރުގެ ޑިޖިޓަލް މިނިވަންކަން ޤާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި ޓެސްޓް މަރުޙަލާ ކާމިޔާބުވެއްޖެނަމަ، މުޅި ސަރުކާރުގެ ހުރިހާ އިދާރާތަކެއް އޯޕަން ސޯސްއަށް ބަދަލުކުރުމަކީ ޔޫރަޕްގެ ތާރީޚުގައިވެސް މައިކްރޯސޮފްޓާ ދުރަށް ޖެހުމަށް ސަރުކާރަކުން އަޅާ އެންމެ ބޮޑު އެއް ފިޔަވަޅަށް ވެގެންދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.