12 May 2021 | 05:47
އިންޑިއާގައި ކޮވިޑުން ރައްކާތެރިވުމަށް ބައެއް މީހުން ގެރިގުއި އުނގުޅާތީވެ ޑޮކްޓަރުންގެ އިންޒާރެއް

އިންޑިއާއަށް ކުރިމަތިވެފައިވާ ބިރުވެރި ކޮވިޑްބަލިމަޑުކަމުގެ ހާލަތުގައި ވަރަށް ހިތާމަވެރި މަންޒަރުތައް އެޤައުމުންދަނީ ފެންނަމުންނެވެ.

ހަދާނެގޮތް ހުސްވެފައިވާ ނިކަމެތިން އެމީހުންގެ ޢާއިލާގެ މީހުން މަރުވުމުން ގަންގާކޯރަށް ހަށިތައް އުކައިލަމުންދާދިއުން މިހާރުވަނީ ވަރަށް ބޮޑު މައްސަލައަކަށް ވެފައެވެ.

މިދިޔަ ދެދުވަހެއްގައި 71 މީހެއްގެ ހަށިގަނޑު ގަންގާކޯރުން ފެނިފައިވެއެވެ. ގަންގާ ކޯރަކީ ހިންދީ ދީނުގައި މީހުން މަރުވުމުން އަންދާލުމަށްފަހު އަޅިތައް އުކައިލެވޭ ހިންދޫންގެ ގާތުގައި މުޤައްދަސް ކޯރެކެވެ. އެކަމަކު ފަޤީރު ނިކަމެތިންނަށް އެމީހުންގެ ޢާއިލާތަކުގެ މީހުން މަރުވުމުން ހަށިތައް އަންދާތަނަށް ގެންދާނެ އެއްވެސް ވަސީލަތެއް އަދި އެހީތެރިކަމެއް ދޭނެފަރާތެއްވެސް މިމުސީބާތުގެ ވަގުތުގައި ނުލިބުމުން މީހުންގެ ހަށިތައް ގަންގާކޯރަށް އުކައިލަނީއެވެ.

އިންޑިއާގެ މަހާރާސްތުރާއިން ފާޅުވި ދެގުނަ ބާރުގަދަ ކޮވިޑް ވޭރިއަންޓް ފެތުރެމުންދާލެއް ހަލުވިކަމުން އިންޑިއާއަށްވަނީ ގޮތް ހުސްވެފައެވެ.

ބްލެކްމާކެޓުން އެތައްގުނައެއް އަގުމަތިކޮށް ނޫނީ މިބައްޔަށް ފަރުވާދޭ އެއްވެސް ބޭހެއް ރައްޔިތަކަށް ނުލިބެއެވެ. ޑޮކްޓަރީ ބޭހުން ފަރުވާ ނުލިބޭތީ، މިބައްޔަށް ޝިފާލިބޭ އެއްޗެއްގެގޮތުގައި ގެރިގުއި ވާކަމަށް ދެކިގެން މީހުން މުޅި ހަށިގަނޑުގައި ގެރިގުއި އުނގުޅަމުންދާ މައްސަލަ އިންޑިއާގެ ޞިއްޙީ އިދާރާތަކަށްވަނީ ބޮޑުވެފައެވެ.

ޚާއްޞަކޮށް ގުޖުރާތުގައި ބައެއް މީހުން ގެރިގެންގުޅޭ ތަންތަނަށް ހަފުތާއަކު އެއްފަހަރު ގޮސް މުޅިގައިގައި ގެރިގުއި އުނގުޅައި އެއީ ދިފާޢީ ނިޒާމު ވަރުގަދަ ކޮށްދޭ އެއްޗެއްކަމަށް ބަލައެވެ.

އިންޑިއާގެ ޑޮކްޓަރުން އިންޒާރުކުރަނީ ގެރިގުޔަކީ ޝިފާއެއް ހުރިއެއްޗެކަމުގެ އެއްވެސް ސައިންޓިފިކް ހެއްކެއް ލިބިފައިވާ އެއްޗަކަށްނުވާތީ ފަރުވާއެއްކަމަށް ދެކިގެން އެކަންކުރަން ފަށައިފިނަމަ އެހެންބަލިމަޑުކަމެއް އިންސާނުންގެ ތެރެއަށް ފެތުރުމަކީ އެކަށީގެންވާކަމެއް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.