އެމްއެމްޕީއާރްސީ ޚިޔާނާތުގެ ލިސްޓުގެ ފުލް މެޖޯރިޓީ އެމްޑީޕީއަށް ލިބިއްޖެ: މޮސްޓާ

12 May 2021 | 08:44

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަންގެ ޚިޔާނާތުގެ ލިސްޓުގެ ފުލް މެޖޯރިޓީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީ އަށް ލިބިއްޖެކަމަށް ނޮޅިވަރަމް ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ނަޝީދު މޮސްޓާ ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވެފައިވަނީ ރޭ މީސްމީޑިއާއަށް ލީކުކޮށްލާފައިވާ އެމްއެމްޕީއާރްސީގެ ފައިސާ ނަގާފައިވާ ފަރާތްތަކުގެ ލިސްޓާއި ގުޅިގެން ކޮށްފައިވާ ޓުވީޓެއްގައެވެ.

"އެމްއެމްޕީއާރުސީ ޚިޔާނާތު ލިސްޓުގެ ފުލް މެޖޯރިޓީ އެމްޑީޕީއަށް ލިބިއްޖެ. ސާބަހޭ އެމްޑީޕީ ތިހޯއްދެވި ކާމިޔާބީއަށް. ރައްޔިތުން ފަޚުރުވެރިވާ ދިވެހި ދަރިން ތިޔައީ" މޮސްޓާގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ޚިޔާނާތުން މަންފާ ވި ކަމަށް ފުލުހުން އާންމުކުރި ލިސްޓު

- މަޖިލީހުގެ ކުރީގެ 44 މެންބަރުން

- މަޖިލީހުގެ މިހާރުގެ 16 މެންބަރުން

- ސަރުކާރުގައި މިހާރު ވެސް ހިމެނޭ ހަތް ބޭފުޅުން

- ކުރީގެ ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި 30 ބޭފުޅުން.

- މިނިވަން މުއައްސަސާތަކުގައި ކުރިން އުޅުއްވި ފަސް މެންބަރުން

- ފަސް ފަނޑިޔާރުން

- ސަލާމަތީ ޚިދުމަތްތަކާ ބެހޭ ހަތް އޮފިސަރުން

އެމްއެމްޕީއާރުސީ ޚިޔާނާތުގެ ލިސްޓު ލީކުވެފައިމިވަނީ މަޖިލީހުގެ ކޮމިޓީން އެ ލިސްޓު ސިއްރުކުރަން ނިންމާފައިވަނިކޮށެވެ.

Advertisement

ކޮމެންޓް