ފައިސާ ލިބިފައިވާ މީހުންގެ ލިސްޓުތައް އެއްވެސް އުނިއިތުރެއް ނެތި ރިޕޯޓާއެކު އާންމު ކުރާނަން: އިމްތިޔާޒް

12 May 2021 | 13:42

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ލިސްޓު ޕްރެޒިޑެންޝަލް ކޮމިޝަން އޮން އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހުގެ ޖޮއިންޓް ކޮމިޓީއަށް ފޮނުވި ގޮތަށް އާންމު ކުރާނެ ކަމަށް ކޮމިޓީގެ މުޤައްރިރު އިމްތިޔާޒް ފަޙުމީ ވިދާޅުވެއްޖެއެވެ.

އިންތި މިހެން ވިދާޅުވެފައިވަނީ މިހާރު ކުރިއަށްގެންދާ ޖޮއިންޓް ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. މިކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ލިބިފައިވާ މީހުންގެ ތެރޭގައި 281 މީހެއްގެ ނަން ތަޙުޤީގުކުރާ ކަމަށާއި، އެ ލިސްޓު އެސެޓް ރިކަވަރީ ކޮމިޝަނުން ހުށަހަޅާފައިވާ ކަމަށެެވެ.

މީގެ އިތުރުން ޚިޔާނާތުގެ ފައިސާ ލިބިފައިވާ ދައުލަތުގެ 119 މީހެއްގެ ނަން ހިމެނޭ ގޮތަށް އެކޮމިޝަނުން ހުށަހަޅާފައިވާ ކަމަށެވެ. އިންތި ވިދާޅުވީ، އެލިސްޓަށް އެއްވެސް ބަދަލެއް ނުގެނެސް ރިޕޯޓާއެކު އާންމުކުރާނެ ކަމަށެވެ.

Advertisement

ކޮމެންޓް