އުރީދޫ ޢީދު ޝޯ މިއަހަރުވެސް ޑިޖިޓަލްކޮށް!

12 May 2021 | 20:39

ކޯވިޑް 19 އިން ރައްކާވެތިބުމަށާއި ބަލި ފެތުރުން ހުއްޓުވުމަށް ކުރެވެމުންދާ މަސައްކަތްތަކާއެކު ޢީދު ފަދަ ހާއްސަ ދުވަސް ތަކުގައި ޒާމާންވީ އާދަކާދަތަކަށްވެސް މިވަނީ ބަދަލުތަކެއް އައިސްފައެވެ.

އާއިލާ އާއި ރަށްޓެހިން އަދި އަވައްޓެރިންނަށް ޒިޔާރަތްކޮށް ހެދުމަށް އުޒުރުވެރިވެ ގޭގައި މަޑުކުރަންޖެހިފައެވެ. މި ދަނޑިވަޅުގައި، ދިމާވެފައިވާ ގޮންޖެހުންތަކާއެކު ގޭގައި ތިބެގެން އުފާވެރި، ކުލަގަދަ ޢީދެއް ފާހަގަ ކުރުމުގެ ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން މިއަހަރުވެސް ޑިޖިޓަލް މިއުޒިކް ޝޯ، އުރީދޫ ޢީދު ޝޯ 2021 ބާއްވަން ވަނީ ހަމަޖެހިފައެވެ.

އުރީދޫ ޢީދު ޝޯ ގައި ރާއްޖޭގެ މަޝްހޫރު އަދި ކުޅަދާނަ ފަންނުވެރިންތަކެށް ފެނިގެންދާނެއެވެ. އޭގެ ތެރެއިން ޒަކިއްޓެ، ޝަންމޫނު، ހަބޭސް ފިއުޝަން އަދި ޑަންޑޫރަ ހިމެނެއެވެ.

އުރީދޫ ޢީދު ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ 14 މޭ، ރޭގަނޑު 9 އެއް ޖަހާއިރު އުރީދޫ މޯލްޑިވްސްގެ ޔޫޓިއުބް ޗެނަލްގައެވެ. އުރީދޫ މޯލްޑިވްސްއިން އިން، ގޭގައިތިއްބަވައިގެން މި ކުލަގަދަ ޢީދު ޝޯގައި ބައިވެރިވުމަށް އެންމެހާ ބޭފުޅުންނަށް އުރީދޫއިން ދައުވަތު އަރުވައެވެ.

ޝޯ ބާއްވަން ހަމަޖެހިފައިވާ ގަޑީގައި އުރީދޫ މޯލްޑިވްސް ގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ނުވަތަ މި ލިންކް: ore.do/eidshow މެދުވެރިކޮށްވެސް ޝޯ ބަލާލެވޭނެއެވެ.


ނޯޓް: މި ޚަބަރު ބިނާވެފައިވަނީ އުރީދޫ މޯލްޑިވްސްގެ ޕްރެސް ރިލީސެއްގެ މައްޗަށެވެ.

Advertisement

ކޮމެންޓް