ގްރޭޑް އެކެއްގައި ކިޔަވާ ހުރިހާ ދަރިވަރުންނަށް ރީޔޫސެބަލް ފެންފުޅި ބަހަނީ

23 Dec 2018 | 23:33

އަންނަ އަހަރު ރާއްޖޭގެ ސްކޫލުތަކުގައި ގްރޭޑު އެކެއްގައި ކިޔަވާ ދަރިވަރުންނަށް ރީޔޫސަބަލް ފެންފުޅި ބަހަން ނިންމައިފި އެވެ.މިކަން އިއުލާންކޮށްފައި ވަނީ އެންވަޔަރަމެންޓް މިނިސްޓްރީ އިން މިއަދު ކުރި ޓްވީޓެއްގަ އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީ ގެ ޓުވީޓުގައި ވަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި ޔުނިސެފް މޯލްޑިވްސް އާއި ގުޅިގެން އަންނަ އަހަރުގެ ދިވެހިރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ގްރޭޑް އެކެއްގެ ދަރިވަރުންނަށް ހިލޭ ރީޔޫސެބަލް ފެންފުޅި ބެހުމަށް ނިންމާފައިވާ ކަމަށެވެ. މި ފެންފުޅިތަކަކީ ހަށިގަނޑަށް ގެއްލުންހުރި މާއްދާއެއް ކަމަށްވާ ބިސްފެނޯލް (ބީޕީއޭ) ބޭނުންނުކޮށް އުފައްދާފައިވާ ފެންފުޅިތަކެއްކަމަށް ވެސް މިނިސްޓްރީން ހާމަކުރައްވައެވެ.

މިއީ ސިންގަލް ޔޫސް ޕްލާސްޓިކް މަދުކޮށް ޕްލާސްޓިކް ޕޮލިއުޝަން މަދުކުރުުމަށް ހިންގާ ޕްރޮގްރާމެކެވެ.

ސްކޫލުތަކުގައި ސިންގަލްޔޫސް ޕްލާސްޓިކް ބޭނުންކުރުން މިހާރު އޮންނަނީ މަނާކޮށްފަ އެވެ.

ރައީސް ޞާލިހް ވަނީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުއްޓާލުމަށްޓަކައި ބޭއްވި ރަސްމީޔާތުގައި ރައީސް އޮފީހުގެ ހުރިހާ މުވަޒަފުންނަށް ރީޔޫސެބަލް ފެންފުޅި ހަދިޔާކުރައްވާފައެވެ. އަދި އެއާ ގުޅިގެން ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުން ވެސް އެއްފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޕްލާސްޓިކް ފުޅި ބޭނުން ކުރުން ވަނީ ހުއްޓާލާފައެވެ.

Advertisement

ކޮމެންޓް