ތިން ރަށެއްގެ ކައުންސިލުގެ ރައީސުން ހުވާކުރުން ފަސްކުރުމަށް އަމުރުކޮށްފި

16 May 2021 | 21:31

ތިން ރަށެއްގެ ރަަށު ކައުންސިލްގެ ރައީސް ހުވާކުރުން ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރުކޮށްފިއެވެ.

ހައިކޯޓުން ކުރި އަމުރުގައި ބުނެފައިވަނީ ލ.މާބައިދޫ، ހއ.ފިއްލަދޫ، ގއ.ކޮނޑޭގެ ރަށު ކައުންސިލްގެ ރައީސް ހުވާކުރުން ފަސްކޮށްފައިވާ ކަމަށެވެ.

މިތިން ރަށުގެ ކައުންސިލުގެ ރައީސުން ވެސް ހުވާކުރުން މަޑުޖައްސާލުމަށް ހައިކޯޓުން ކޮށްފައިވާ އަމުރުގައި ބުނެފައިވަނީ، އެ މައްސަލައިގައި ފައިސަލާ ކުރަނިވި ޙުކުމެއް ކުރެވެންދެން ނުވަތަ ހައިކޯޓުން ވަކި ގޮތެއް އަންގަންދެން ޤާނޫނީ ހުވާކުރުން ފަސްކުރުމަށް އަންގާ އަމުރު ކުރާ ކަމަށެވެ.

ކައުންސިލް އިންތިޚާބުގައި އަލަށް އިންތިޚާބުވި ކައުންސިލަރުންގެ ހުވާކުރުން މާދަމާ ބޭއްވުމަށް އެލްޖީއޭއިން ވަނި ހަމަޖައްސާފައެވެ. މިޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ.

Advertisement

ކޮމެންޓް