ރާއްޖެއިން އިތުރު 741 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ!

16 May 2021 | 22:23

ދިވެހިރާއްޖެއިން އިތުރު 741 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 741 މީހަކު ވަނީ އަލަށް ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 560 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 156 މީހަކާއި އަދި ރިސޯޓްތަކުން ޕޮޒިޓިވްވި 25 މީހަކު ހިމެނެއެވެ.

މީގެ ތެރެއިން 515 ކޭހަކީ ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ނެގުނު ސާމްޕަލްތަކުގެ ނަތީޖާއެވެ.

މިއަދާ ހަމައަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު 44،523 އަށް އަރާފައިވާއިރު، މި ބައްޔަށް 262 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 28،459 އަށް އަރާފައެވެ.

Advertisement

ކޮމެންޓް