ހަރުކަށި ފިކުރުގެ ބޮޑެއް މާލެއިން ހައްޔަރުކޮށްފި

18 May 2021 | 23:05

ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް އުޅޭ ކަމަށް ތުހުމަތު ކުރެވޭ ބޮޑެއް މާލެއިން މިރޭ ހައްޔަރު ކޮށްފިއެވެ.

ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި, މިރޭ ހައްޔަރު ކޮށްފައިވަނީ 49 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ނަމަވެސް މި މީހާއާއި ގުޅޭ އިތުރު މަޢުލޫމާތު ފުލުހުން މިހާތަނަށް ހާމަ ކޮށްފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް މި މަހުގެ 6 ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން އެކަމުގެ އަޑީގައި ތިބީ ހަރުކަށި ފިކުރުގެ ބައެއްކަމަށް އެކި ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

އަދި އެ ހާދިސާއަށްފަހު, ހަރުކަށި ފިކުރުގެ އެކި ފަރާތްތައް ހައްޔަރުކޮށް ހާއްސަ އޮޕަރޭޝަންތަކެއް ފުލުހުންނާއި ސިފައިން ގުޅިގެން އަންނަނީ ހިންގަމުންނެވެ. 

Advertisement

ކޮމެންޓް