އެޕަލްގެ ހާހަކަށްވުރެ ގިނަ މުވައްޒަފުން ފަލަަސްތީނާއެކު!

22 May 2021 | 17:43

މަޝްހޫރު އެޕަލް ކުންފުނިން ފަލަސްތީނާއެކު ތިބިކަން ހާމަކޮށްދޭން އެދި އެކުންފުނީގެ 1000އަށްވުރެ ގިނަ މުވައްޒަފުން ސީއީއޯ ޓިމް ކުކްއަށް ސިޓީއެއް ފޮނުވައިފިއެވެ.

އެޕަލް މުސްލިމް އެސޯސިއޭޝަންގެ މެމްބަރުންކަމަށްވާ މި މުވައްޒަފުން އެ ސިޓީގައި ބުނެފައިވާ ގޮތުގައި ގިނަ ބާރުވެރި ފަރާތްތަކުން ފަލަސްތީނުގެ ރައްޔިތުންގެ ކަންތައްތަކާ މެދު ހަނުހުރެ ދެކޮޅުވެރިވާ ކަމަށާއި، މިކަމާއި މެދު ވަރަށް ހިތްހަމަނުޖެހޭ ކަމަށެވެ.

އަދި އެކުންފުނިން ފަލަސްތީނުގެ މައްސަލައިގައި ނަގަމުންދާ ސްޓޭންޑަކީ އޯލް ލައިވްސް މެޓަރފަދަ ކަމެއްކަމުގައިވެސް އެ މުވައްޒަފުން ވަނީ ބުނެފައެވެ.

އިޒްރޭލާއި ހަމާސް ޖަމާއަތާއި ދެމެދު ގާއިމްކުރެވުނު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ ވަގުތީ އެއްބަސްވުމެއްގެ ސަބަބުން، އިޒްރޭލުން މިވަގުތު ޣައްޒާއަށް ހަމަލާދެމުންނެއް ނުދެއެވެ.

ނަމަވެސް މި ރަމަޟާން މަހުގެ ތެރޭގައި އިޒްރޭލުން ޣައްޒާއަށް ދިން ވަރުގަދަ ހަމަލާތަކުގައި އެ ޝަހަރުގެ 200 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންވެސް ހިމެނެއެވެ.

Advertisement

ކޮމެންޓް