ރޮނާލްޑޯގެ ސަސްޕެންޝަން އެންމެ މެޗަކަށް

28 Sep 2018 | 06:21

ޗެންޕިއަންސް ލީގުގައި ޔުވެންޓަސްއާއި ވެލެންސިއާ ބައްދަލުކުރި މެޗުގައި ރޮނާލްޑޯއަށް ރަތްކާޑު ދައްކާ އޭނާވަނީ ދަނޑުން ފޮނުވާލާފައެވެ. މިއީ ރޮނާލްޑޯގެ ކެރިއަރުގައި ޗެންޕިއަންސްލީގުގައި ކުޅުނު މެޗެއްގައި އޭނާއަށް ދެއްކި ފުރަތަމަ ރަތްކާޑެވެ.

މިރަތް ކާޑާއި ގުޅިގެން ރޮނާލްޑޯއަށް އޮތީ ޗެންޕިއަންސް ލީގުގެ 3 މެޗު ގެއްލޭނެކަމުގެ ބިރު ހީވެފައެވެ.

އެހެންނަމަވެސް، ޔުއޭފާ އިން މިކަން އިތުރަށް ރިވިއު ކުރުމަށްފަހު ނިންމާފައިވަނީ ރޮނާލްޑޯ އެންމެ މެޗަކަށް ސަސްޕެންޑްކުރުމަށެވެ.

ވީމާ ރޮނާލްޑޯއަށް ޗެންޕިއަންސް ލީގުގައި ގެއްލޭނީ އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހު ސްވިޓްޒަލޭންޑްގެ ޔަންގް ބޯއީސްއާއި ދެކޮޅަށް ޔުވެންޓަސް ކުޅޭ މެޗު އެކަންޏެވެ. 

Advertisement

ކޮމެންޓް