ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ޢިމްރާން ދޮގު މަޢުލޫމާތުދިން ކަމަށް އީވާ ތުހުމަތު ކުރައްވައިފި

24 May 2021 | 12:17

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން  ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅުތައް ދޮގު ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ނުރުހުން ފާޅުކޮށްފިއެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން ރޭ އޭޑީކޭ ހޮސްޕިޓަލުގައި ހުންނަވައި ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޢިމްރާން ވިދާޅުވީ ރައީސް ނަޝީދުގެ ފުރާނަފަޅަށް ގެއްލުމެއް ލިބިވަޑައިގަންނަވާ ވަރުގެ އަނިޔާއެއް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުންނަށް ސުވާލު ކުރުމަށް ލިބުނު ފުރުޞަތުގައި އެމްޑީޕީގެ ޗެއާޕާސަން ޙަސަން ލަޠީފް ވަނީ، ރައީސް ނަޝީދުގެ ހާލުކޮޅު ގޯސް ނޫންކަމަށް މިނިސްޓަރު ޢިމްރާން ވިދާޅުވީ ކޮށް މަޢުލޫމާތަކަށް ބިނާކޮށްތޯ ސުވާލު ކުރައްވާފައެވެ.

ލަޠީފުގެ ސުވާލުގައި ނަޝީދަށް ހަމަލާދިން ރޭ އެމަނިކުފާނުގެ ޞިއްޙީ ހާލުކޮޅު ރަނގަޅަށް އޮޅުންފިލުވުމަކާއި ނުލައި އެމަނިކުފާނުގެ ޞިއްޙީ ހާލުކޮޅު ރަނގަޅު ކަމަށް މިނިސްޓަރު ވިދާޅުވީ ކީއްވެގެންތޯ ސުވާލުކުރައްވާފައިވެއެވެ.

ޖަވާބުގައި މިނިސްޓަރު ޢިމްރާން ވިދާޅުވީ، އެވަގުތު ދައްކަވާފައިވާ ވާހަކަތަކަކީ ޢާއިލާއާއި ޑޮކްޓަރުން އެވަގުތަށް ހިއްސާކުރި ވާހަކައެއް ކަމަށާއި، މިހާރު ފެންނަ މަންޒަރުންވެސް އެ ބަހަކީ ތެދެއްކަން ފެންނަ ކަމަށްވެސް ޢިމްރާން ފާހަގަކުރެއްވިއެވެ.

އެކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އީވާ ވަނީ ޢިމްރާން ދޮގު މަޢުލޫމާުދިން ކަމަށް ތުހުމަތުކޮށް ނުރުހުން ފާޅުކުރައްވާފައެވެ. އަދި ރައީސަށް ދީފައިވާ ހަމަލާއެއް ދީގެން އުޅޭ ނާޒުކު ދަނޑިވަޅުގައި ޢާއިލާގެ މެންބަރަކުވެސް އަދި ޑޮކްޓަރަކުވެސް އެފަދައިން ނުބުނާނެ ކަމަށް އީވާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް