ކޮވިޑް މެނޭޖް ކުރުމުގައި ސަރުކާރު ފެއިލެއް ނުވޭ: ރައީސް ޞާލިޙް

25 May 2021 | 23:36

ކޮވިޑް-19 ގެ ބަލިމަޑުކަން ރާއްޖޭގައި މެނޭޖް ކުރުމުގައި ސަރުކާރު ފެއިލް ވެފައިވާކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ރައީސް ޞާލިޙް ވިދާޅުވީ، ކޮވިޑް މެނޭޖު ކުރުމުގައި ގިނަ މަސައްކަތްތަކެއް ކުރެވިފައި ވާކަމަށާއި، ނަމަވެސް ކޮވިޑް މެެނޭޖު ކުރުމުގައި ސަރުކާރު ފެއިލް ވެފައިވާކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، އޭޕްރީލް މަަހުގެ ތެރޭގައި ދެެވުނު ލުއިތަކުގެ ސަބަބުން އޭގެ އަސަރު ކުރި ކަމަށެވެ. އަދި އެއީ އެންމެ ރަނގަޅަށް ކުރެވުނު ކަމެއް ކަމަކަށް ނުދެކޭ ކަމަށް ވިދާޅުވިއެވެ. ނަމަވެސް މިކަން އެއްވެސް ބައެއްގެ ބޮލުގައި އަޅުވާކަން ނެތިންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ލިބިފައިހުރި ވަސީލަތްތަކާއިއެކު ސަރުކާރުން ކޮވިޑް މެނޭޖް ކުރައްވަމުން ދާ ކަމަށެވެ. އަދި މާދަމާ އަޅުއްވާ ފިޔަވަޅުތަކުގެ ސަބަބުން ރަނގަޅު ބަދަލު ތަކެއް އަންނާނެކަމަށް ޤަބޫލުފުޅު ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement