27 May 2021 | 15:56
ރާއްޖޭގެ ކޮވިޑް ވެކްސިން ޕްރޮގްރާމްގައި ޗައިނާގެ ވެކްސިން ނުހިމަނަން ސަރުކާރުން ނިންމެވީތޯއެވެ؟

ކޮވިޑް ބަލިމަޑުކަމުގެތެރޭގައި ގިނަ ދުވަސްތަކަކަށް ނޫސްވެރިންނާއި ބައްދަލުނުކުރައްވައި ހުންނެވުމަށްފަހު، ކޮވިޑް ރާއްޖޭގައި ކޮންޓްރޯލުން ނެއްޓި، މީހުން މަރުވާލެއް ގިނަކަމުން ފަހަކަށްއައިސް ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރަށް ކުރިމަތިވަމުންދާ ފާޑުކިއުންތަކާއި އަދި ސީދާ ރައީސް ސާލިހަށް ރައްދުވާ ފާޑުކިއުންތަކާއި ގުޅިގެން އަންގާރަ ދުވަހުގެރޭ އެމަނިކުފާނުވަނީ ނޫސްވެރިންނާއި ބައްދަލުކުރައްވައި ސަރުކާރުން ކަންކަން ކުރައްވަމުންގެންދަވާގޮތް ތަންކޮޅެއް ބޮޑަށް ސާފުކޮށްދެއްވާފައެވެ. މި ނޫސްވެރިންގެ ބައްދަލުވުން ބަލަން އިންއިރު އެއްކަމެއް ވަރަށް ބޮޑަށް އަޅުގަނޑަށް ފާހަގަކުރެވިގެންދިޔައެވެ.

ރާއްޖޭގައި ހިންގާ ކޮވިޑް ވެކްސިން ޕްރޮގްރާމާއިބެހޭގޮތުން ރައީސް ސާލިހާއި ހެލްތު މިނިސްޓަރު ވާހަކަފުޅު ދައްކަވަމުންދިޔައިރު އިންޑިއާއިން ވެކްސިން ފޯރުކޮށްދިން އެހީ ވަރަށް ބޮޑަށް ފާހަގަކުރެއްވިއެވެ. އަދި ރަޝިޔާއިން ގަންނަން އުޅޭ ސްޕަޓްނިކް ވެކްސިނާއިގުޅޭގޮތުން ރަޝިޔާގެ ކަމާއިބެހޭ ފަރާތްތަކާއި ސަރުކާރުން ވާހަކަ ދައްކަމުން ގެންދާކަމަށްވެސް ވިދާޅުވިއެވެ. އެހެންނަމަވެސް ރާއްޖެއަށް ކޮވިޑް ވެކްސިން އެންމެ ބޮޑަށް ފޯރުކޮށްދިން ގައުމުކަމުގައިވާ ޗައިނާގެ ވާހަކައެއް ރައީސް ސާލިހްވެސް އަދި ހެލްތު މިނިސްޓަރ އަހުމަދު ނަސީމުވެސް ފާހަގައެއް ނުކުރައްވައެވެ. ފެންނަ ފެނުމަށް ޗައިނާގެ އެހީގެ ވާހަކަ ފާހަގަނުކުރެއްވީ ދެބޭފުޅުންގެ ހަނދުމަފުޅު ނެތިގެންނެއް ނޫނެވެ. ގަސްދުގައެވެ. އެކަމުގައި ހިމެނޭ ކަންތައްތަކެއް އަޅުގަނޑުމެންނަކަށް އަދިއެއް ނޭގެއެވެ. އެކަމަކު އެގޭކަމަކީ ކޮންމެވެސް ކަމެއް ހިގައިފިކަމެވެ. ނުވަތަ ހިގަމުންދާކަމެވެ. އެހެންނޫންނަމަ ދުނިޔޭގައި އެންމެ ގިނަ ކޮވިޑް ވެކްސިން އީޖާދުކޮށް އަދި އެންމެ ގިނަ އަދަދަކަށް ވެކްސިން އުފައްދައި އެންމެ ގިނަ ގައުމުތަކަށް ވެކްސިން ހީލޭއެހީގެ ގޮތުގައާއި ވިޔަފާރީގެ ގޮތުގައި ފޯރުކޮށްދީ ނުވިތާކަށް ދިވެހި ރާއްޖެއަށް އެންމެ ކުރީކޮޅުގައި ވެކްސިންގެ ހިލޭ އެހީ ފޯރުކޮށްދިން ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދު ކަމުގައިވާ ޗައިނާގެ ނަން ފާހަގަ ނުކުރައްވައި ރައީސް ޕްރެސް ކޮންފަރެންސް ނުނިންމަވާނެއެވެ.

ރަޝިޔާގެ ސްޕަޓް ނިކް ވެކްސިންއަކީ ދުނިޔޭގެ ގައުމުތަކުގައި އަދި އެހާ ބޮޑަށް ބޭނުންކުރަމުންދާ ވެކްސިނެއްނޫނެވެ. ޑަބްލިޔުއެޗްއޯއިންވެސް އެވެކްސިނަށް އަދި ހުއްދައެއް ނުދެއެވެ. އެކަމަކު ޔޫރަޕްގެ ވެކްސިންތަކާއެކު ޗައިނާގެ ސިނޯފާމްއަށް ޑަބްލިޔުއެޗްއޯގެ ހުއްދަ ލިބިފައިވެއެވެ. ފެންނަ ފެނުމަށް ދާދި އަވަހަށް ޗައިނާގެ ދެވަނަ ވެކްސިން ސިނޮވަކްއަށްވެސް ޑަބްލިޔުއެޗްއޯގެ ހުއްދަ ލިބިގެންދާނެއެވެ. ޔޫރަޕްގައިވެސް ޗައިނާގެ ވެކްސިނާއިމެދު ޕޮޒިޓިވްވިސްނުމަކުން ވިސްނާތަން އެބަފެނެއެވެ.

ކަންކަން މިހެން އޮތް އިރު ދިވެހި ރާއްޖެއާއި ޗައިނާއާއި ދެގައުމުގެ ދެމެދުގައިވާ ތާރީޚީ ރަހްމަތްތެރި ގުޅުން އޮތްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން ތަކުރާރުކޮށް ބުނަމުންދާއިރު ޑަބްލިޔުއެޗްއޯގެ އެޕްރުވަލް ލިބިފައިވާ ސިނޯފާމްއާއި އަދި ގަލްފުގެ ގައުމުތަކާއި އަރަބިގައުމުތަކާއި މެލޭޝިއާއާއި އިންޑޮނޭޝިއާއާއި ފިލިޕީންސާއި ތުރުކީފަދަ ގައުމުތަކުން ސިނޮވަކް ވެކްސިން މިހާރުވެސް ބޭނުންކުރަމުންދާއިރު ދިވެހި ސަރުކާރުން ޗައިނާގެ ވެކްސިން ހޯދަން މަސައްކަތް ނުކުރާކަން ހާމަވެގެންދިއުމަކީ ހައިރާންވާންޖެހޭ ވަރުގެ ކަމެކެވެ. ރަޝިޔާގެ ސްޕަޓްނިކް ވެކްސިން އިންޑިއާގައި އުފައްދަން އެގައުމުން އެއްބަސްވެފައި އޮތުމަކީ ދިވެހި ރާއްޖެ ސްޕަޓްނިކް ވެކްސިން ގަންނަންޖެހޭ ކަމެއްކަމަށްވާނަމަ އެކަން އެހެން ހިގަންވީއެވެ. އެކަމަކު ދިވެހި ރާއްޖެ މިހާރު މިއޮތް ހާލަތުގައި ގައުމުގެ ރައްޔިތުން ބަލިމަޑުކަމުގައި މަރުވަމުންދާއިރު އެންމެ އަވަހަށް ވެކްސިން ފޯރުކޮށްދެވެން އޮތް ގައުމަކީ ކޮބައިކަން އެންމެންނަށް އެގެއެވެ. މިދިޔަ ދެތިން ހަފްތާއެއްގެތެރޭގައި އިންޑިއާގެ މީޑިއާތަކުން ވެކްސިން ޑިޕްލޮމަސީގެ ކަންކަން ވާރަށް ބޮޑަށް ފާހަގަކުރަމުން ގޮސްފައިވެއެވެ. އިންޑިއާއަށް އެރި ކޮވިޑް ވައިރަސްގެ ބޮޑު ރާޅު އަވަށްޓެރި ގައުމުތަކަށް އަރައިގެންދިޔައިރު އިންޑިއާގެ ބަދަލުގައި ޗައިނާއިން މިސަރަހައްދުގެ ގައުމުތަކަށް ވެކްސިން ފޯރުކޮށްދީ ޗައިނާގެ ނުފޫޒު ބޮޑުވެދާނެތީ ނިއުދިއްލީން ވަރަށް ކަންބޮޑުވެފައިވާކަމަށް ލިޔަމުން އައިސްފައިވެއެވެ. މިސަރަހައްދުން އިންޑިއާގެ ގޮނޑިކޮއްކޮ ސަރުކާރެއް އޮންނަ ބަންގްލަދޭޝްއާއި ދިވެހި ރާއްޖެ ނޫނީ ޗައިނާއިން ވެކްސިން ހޯދުމަށް އަވަސްވެގަތެވެ. ސްރީލަންކާއަށް އިއްޔެ 5 ލައްކަ ކޮވިޑް ވެކްސިންގެ ހިލޭ އެހީއެއް ޗައިނާއިން ދީފިއެވެ. އަދި އެތައް މިލިޔަން ވެކްސިން ޑޯޒެއް ގަތުމަށް އެއްބަސްވުން ހަދައިފިއެވެ. ޕާކިސްތާނުން ވެކްސިން ހޯދަމުން ދެއެވެ. ނޭޕާލުންވެސް އިސްކަންދިނީ ކޮވިޝީލްޑްގައި ދެމިތިބޭށެވެ. އެގައުމުގެ އެތައްހާސް ބަޔަކު މަރުވަމުންދާތަން ފެނުމުން މިހާރު ޗައިނާގެ ވެކްސިނަށް އެޕްރޯޗްކޮށްފިއެވެ. އެކަމަކު އެގައުމު ދާންޖެހުނީ ދިގު ކިއުއަކަށެވެ. އިންޑިއާއިން ދުވާލަކު އެތައް ހާސް ބަޔަކު މަރުވަމުންދިޔައިރު ޗައިނާއިން އެގައުމަށް އެހީވާން އެތައްފަހަރަކު އެދުނެވެ. ޕާކިސްތާނުން އެދުނެވެ. އެކަމަކު ކިތަންމެ ރައްޔިތުންނެއް ގުރުބާންކުރަންޖެހުނަސް މިއީ ދުޝްމަން ގައުމުތައްކަމަށް ބަލައި އިންޑިއާ ސަރުކާރުން ރަސްމީކޮށް އެހީލިބިގަންނަން އިންކާރު ކުރިއެވެ. އެކަމަކު އެގައުމުގެ ކުންފުނިތައް ލައްވައި ޗައިނާއިން އޮކްސިޖަންއާއި ބޭހާއި އެހެންވަސީލަތްތައް އިންތިހާއަށް ހޯދިއެވެ. އަޅުގަނޑުމެންގެ ރާއްޖޭގެވެސް މިހާރުގެ ސިޔާސަތަކީ އިންޑިއާ ނުވަތަ އެމެރިކާއިން ވެކްސިން ނުލިބެންޏާ ދިވެހި ރައްޔިތުން މަރުވިޔަސް ޗައިނާގެ ވެކްސިން ނުހޯދުންކަމަށް ވެދާނެއެވެ. އެހެންނޫންނަމަ މިދަތި ދަނޑިވަޅުގައި ދިވެހި ސަރުކާރުން ޗައިނާގެ އެހީހޯދަން މަސައްކަތްކުރަމުންދާކަމާއި އެކަމުގެ ނަތީޖާ ދިވެހި ރައްޔިތުންނަށް ހާމަނުކޮށް ރައީސް ދޫކޮށް ނުލައްވާނެއެވެ. އެހެންވީމާ ދިވެހި ރާއްޖެއާއި ޗައިނާއާއި ދެމެދު ކަމެއް ހިގައިފިކަން އަޅުގަނޑުމެންނަށް ދޭހަވާ އަނެއްކަމަކީ ރާއްޖެ ކޮވިޑްބަލީގެ ހާލަތު އެންމެ ގޯސްވެގެން މިދާދަނޑިވަޅުގައި ޗައިނާގެ ފަރާތުން އެއްވެސް ޚަބަރެއް ނުވާތީއެވެ. އެއީ މީގެކުރިން ކަންތައްތައް ގޮސްފައިވާގޮތާއި ވަރަށް ތަފާތު ގޮތެކެވެ. ޗައިނާއިން އަމިއްލައަށް އިސްނަގައިގެން މީގެކުރިން ކޮވިޑްގައި ރާއްޖެއަށް އެހީދެމުންގޮސްފައިވެއެވެ.

އިންޑިއާއަށް އެރި ވައިރަސްގެ ދެވަނަ ރާޅުގައި އެގައުމުގެ ސިއްހީ ނިޒާމު އިދަޖެހި އެތައް ލައްކަބަޔަކު މަރުވެދިއުމުން ގައުމުތަކަށް ވެކްސިން އެކްސްޕޯޓްކުރުން އިންޑިއާ ސަރުކާރުންވަނީ ހުއްޓާލާފައެވެ. ސިރަމް އިންސްޓިޓިއުޓުން ލަފާކުރާ ގޮތުން މިއަހަރު ނިމޭއިރުވެސް އެހެން ގައުމުތަކަށް އެކްސްޕޯޓްކުރެވޭ ވަރަށް ވެކްސިން ނުއުފެއްދޭނެއެވެ. އެހެންވީމާ ޑަބްލިޔުއެޗްއޯގެތެރެއިންވެސް ކޮވިޝީލްޑް ދެން ލިބުމަކީ އެހާ ފަސޭހަކަމަކަށް ނުވާނެއެވެ. އެމެރިކާ ފަދައިން އިންޑިއާގެ އަމިއްލަ ރައްޔިތުންނަށް ވެކްސިން ނުދީ އެހެންގައުމުތަކަށް އިންޑިއާއިން ވެކްސިން ދެން ފޯރުކޮށްދޭނެކަމަށް އުއްމީދުކުރުމަކީ ކުރަން ރަނގަޅުކަމެއް ނޫނެވެ.

ކޮންމެއަކަސް 6 މަސް ފަހުން ދިވެހި ރާއްޖޭގެ ރައްޔިތުންނަށް އަލުން ކޮވިޑް ވެކްސިންދޭން ޖެހޭއިރު ދިވެހި ސަރުކާރުން ޗައިނާ ދޫކޮށްލައި އެހެން މީހުންގެ ފަހަތުން ހިގަން ދިމާކުރާއިރު ވެކްސިން ދުނިޔޭގެ މާރުކޭޓުން ލިބެން ހުންނާނީ ކޮންތަނަކުންތޯ ޚިޔާލުކޮށްލައްވަ ބައްލަވާށެވެ. އަޅުގަނޑުމެން އިންޑިއާއާއި ޖެހެންވީ ސަބަބެއް ނެތެވެ. އަޅުގަނޑުމެން ޗައިނާއާއި ޖެހެންވީ ސަބަބެއް ނެތެވެ. ދިވެހި ރާއްޖެއަކީ ވަކި ގައުމެއް ދުނިޔޭގެ ސުޕަޕަވަރަކަށް ގެންނަން އުޅެންޖެހޭ ބަޔަކަށް ނުވެއެވެ. އަޅުގަނޑުމެންގެ ދުޝްމަނުންނެއް ނުތިބެއެވެ. ދިވެހި ރާއްޖެ ހަމަހިމޭންކަމާއެކު ވަކިބައެއްގެ ފައިބުޑަށް ނުވެއްޓި އޮންނަންޖެހޭ ސަބަބު މިއަދު އަޅުގަނޑުމެންނަށް ވަޒަން ނުކުރެވޭތޯއެވެ. ބަލިމަޑުކަމެއް އައިސް ޖެހި އެހީއަށް އެދުނުހިނދު އެމެރިކާއަކުން އެހީއެއް ނުވިއެވެ. އިންޑިއާވެސް މިއަދު އެއޮތީ އެހީ ދެވޭފަދަ ހާލެއްގައެއް ނޫނެވެ. ޔޫރަޕުން އެހީއެއް ނުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
17 Sep 2026
ބިންވެރިޔާ ސްކީމް: ގުޅިފަޅުން 1393، ހުޅުމާލެއިން 603 މީހަކަށް ބިން ހަވާލުކޮށްފި
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅާއި ހުޅުމާލެއިން ގޯޯތިތަކެއް ދޫކުުރި ނަމަވެސް އެ ތަންތަން ދޫކުރީ ބިން ވެސް ނުހިއްކަ އެވެ.
17 Sep 2026
ބިޒްނަސް ސްޓްރީމް ކިޔެވީމާ ޤައުމަށް ކުރެވޭ ޚިދުމަތް ކުޑައެއް ނޫނެވެ!
ޤައުމެއްގެ އިޤުތިޞާދު ކޮޅަށް ޖެހުމުގައި ބިޒްނަސް ސްޓްރީމުން ދަސްވެނިވާ ދަރިވަރުން އަދާކުރާ ދައުރު ވަރަށް ބޮޑެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ބިޒްނަސް ތަޢުލީމަކީ ވިޔަފާރިވެރިކަމަށް ހިތްވަރު ދީ އިޤުތިޞާދީ އިޖުތިމާޢީ އަދި ޓެކްނޮލޮޖީގެ ކުރިއެރުމަށް ބާރު އަޅާ ދާއިރާއެކެވެ. ބިޒްނަސް ތަޢުލީމަކީ ކޮންމެ ޤައުމެއްގެ ވެސް އިޖުތިމާޢީ އަދި އިޤުތިޞާދީ ތަރައްޤީގައި ބަދަލު ނުކުރެވޭ ފަދަ ދައުރެއް އަދާކުރާ ދާއިރާއެއް ކަމަށް ދިރާސާވެރީން ފާހަގަކޮށްފައިވެއެވެ. ބިޒްނަސް ތަޢުލީމު ލިބޭ ފަރާތްތައް ވަޒީފާ ހޯދުމާއި ދެމެހެއްޓެނިވި ދިރިއުޅުމެއް ބިނާކުރުމަށް ތައްޔާރުވެއެވެ.
17 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް ޝެޑިއުލް ދަތުރުތައް ފަށައިފި
އެހެން ކަމުން މަންތާއާ މޯލްޑިވިއަން ދެމެދު ވެވުނު އެއްބަަސްވުމެއްގެ ދަށުން ޝެޑިއުލް ދަތުރުތައް ފަށަން ނިންމާ މިއަދު ވަނީ އެ އޮޕަރޭޝަން ރަސްމީކޮށް ފަށާފަ އެވެ.
17 Sep 2026
މި ސަރުކާރުން އަންނަނީ ރޭވުންތެރިކަމާ އެކު ދަރަނި ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން
ކުރީ ސަރުކާރުން 2019 ގައި އެސްބީއައި މެދުވެރިކޮށް ނެގި 150 މިލިއަން ޑޮލަރުގެ ލޯނުގެ އެންމެ ފަހު އިންސްޓޯލްމަންޓް މިއަދު ދައްކައި އެ ދަރަނި އެއްކޮށް ޚަލާޞްކޮށްފިއެވެ.
17 Sep 2026
ކުޑަކުދިންގެ ކެންސަރު: ބެލެނިވެރިން ދެނެގަންނަންޖެހޭ މުހިންމު ކަންކަން
ކުޑަކުދިންނަކީ މުޖުތަމަޢުގެ މުސްތަޤުބަލެވެ. ކޮންމެ ޢާއިލާއެއްގެވެސް އެންމެ ބޮޑު އުއްމީދަކީ ދަރިންގެ ޞިއްޙަތު ސަލާމަތުން ބޭތިއްބުމެވެ. ނަމަވެސް، ހީވެސް ނުކުރާ ފަދަ ބޮޑެތި ބަލިތައް ކުޑަކުދިންނަށް ކުރިމަތިވުމަކީ މުޅި ޢާއިލާގެ ދިރިއުޅުން ބަދަލުކޮށްލާ ކަމެކެވެ. މީގެ ތެރެއިން އެންމެ ބިރުވެރި އެއް ބައްޔަކީ ކެންސަރެވެ.
17 Sep 2026
ލޯނު ޚަލާޞްކުރިޔަސް ޒަރޫރީ މުދަލަށް ދައްޗެއް ނެތް
އިންޑިއާގެ ސްޓޭޓް ބޭންކުން ނެގި 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީ މިއަދު އެއްކޮށް ޚަލާޞްކޮށް، ތެލާއި ކާޑާއި ބޭހަށް ބޭރު ފައިސާ ލިބުމުގައި ދަތިނުވާނެ ކަމުގެ ޔަގީންކަން މާލީ ވުޒާރާއިން ދީފިއެވެ.
17 Sep 2026
ޕީއެންސީ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް ދޭން ފާސްކޮށްފި
ޕްރައިމަރީއަކާ ނުލައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް 2028ގެ ރިޔާސީ ޓިކެޓު ދޭން ޕީއެންސީ ކޮންގްރެސްގެ އިއްތިފާގުން ފާސްކޮށްފިއެވެ.
17 Sep 2026
ޚަދްލަޖް ބްރޭންޑުގެ އައު ސެންޓުތަކެއް ރާއްޖެއަށް ތަޢާރަފުކޮށްފި
ދުބާއީގެ މަޝްހޫރު ލަގްޒަރީ ސެންޓު ބްރޭންޑް "ޚަދްލަޖް" ގެ އައު ސެންޓުތަކެއް، އެ ބްރޭންޑުގެ ރާއްޖޭގެ ހަމައެކަނި އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު ޕޮއިސް ޑިސްޓްރިބިއުޓާރސް އިން ބާޒާރަށް ނެރެ ވިއްކަން ފަށައިފިއެވެ.