29 May 2021 | 19:25
ސްޓެލްކޯއިން ވެސް ފެނާއި ކަރަންޓު ބިލްތަކުން ބޮޑު ލުޔެއް!

ކޮވިޑް-19 ގެ ސަބަބުން ރައްޔިތުންގެ އާމްދަނީއަށް އަސަރު ކޮށްފައިވާތީ، ފެނާއި ކަރަންޓް ބިލްތަކުން ލުއި ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާއި އެއްގޮތަށް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ކަރަންޓާއި، ފެނުގެ ޚިދުމަތްދޭ ރަށްރަށުގެ މެއި މަހުގެ ޔޫސޭޖަށް ހަދާ ބިލްތަކުގައި ޑިސްކައުންޓު ހިމެނިގެންދާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން އާންމު ކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، އާންމު ގޭބިސީތަކުން ބޭނުންކުރާ ކަރަންޓަށް ދައްކަން ޖެހޭ އަދަދުގެ 40 އިންސައްތަ ހެޔޮ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަދި އާންމު ގޭބިސީތަކުން ބޭނުންކުރާ ފެނަށް ދައްކަން ޖެހޭ އަދަދުގެ 30 އިންސައްތަ ހެޔޮ ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، އާންމު ވިޔަފާރިތަކުން ބޭނުންކުރާ ފެނާއި ކަރަންޓަށް ދައްކަންޖެހޭ އަދަދުގެ 20 އިންސައްތަ ކުޑަކޮށްދިނުމަށް ވެސް އެކުންފުނިން ވަނީ ނިންމާފައެވެ.

މި ލުޔާއިއެކު، އާންމު ފަރުދުންނަށާއި ވިޔަފާރިތައް ހިންގާ ފަރާތްތަކަށް ވެސް ކަރަންޓާއި ފެނުން ބޮޑު ލުޔެއް ލިބިގެން ދާނެއެވެ.

ކޮވިޑާއިގުޅިގެން އާމްދަނީއަށް އަސަރު ކޮށްފައިވާތީ، ރައްޔިތުންނަށް ލުޔެއް ދިނުމުގެ ގޮތުން، އެއް މަހަށް، މުޅި ރާއްޖޭގެ ވެސް ގޭބިސީތަކުގެ ފެންބިލްތަކުން 30 އިންސައްތަ އަދި ވިޔަފާރިތަކުން 20 އިންސައްތަ އަދި ގޭބިސީތަކުގެ ކަރަންޓް ބިލްތަކުން 40 އިންސައްތަ އަދި ވިޔަފާރިތަކުން 20 އިންސައްތަ މަޢާފް ކޮށްދިނުމަށް ނިންމަވާ އަންގާރަ ދުވަހު ރައީސްވަނީ އިޢުލާން ކުރައްވާފައެވެ.

ފޮޓޯ: ސަން

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Jul 2026
އަސާސީ ބޭސްތަކުގެ 80 އިންސައްތަ ބޭސްފިހާރަތަކުން ލިބެންޖެހޭގޮތަށް އުސޫލެއް
22 Jul 2026
ފުލުހުންނަށް ހައްޔަރުނުކުރެވި އުޅެނިކޮށް ދެވަނަ ފަހަރަށް އަޒީޒާ މިސްކިތަށް ހަމަލާދީފި
އަޒީޒާ މިސްކިތައް މިރޭ ހަމަލާ ދިން މީހާ އެކަންކޮށްފައިވަނީ މަގްރިބް ނަމާދަށްފަހުއެވެ. އެމީހާ ވަނީ މިމަހުގެ 22 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައިވެސް އަޒީޒާ މިސްކިތުގެ ބިއްލޫރިތައް ތަޅާލާފައެވެ.
22 Jul 2026
ބްރެޒިލްގެ ފޯވާޑް ޑޮރިއެލްޓަން ނިއުރޭޑިއަންޓާ ގުޅިއްޖެ
ޑޮރިއެލްޓަން ނިއުރޭޑިއަންޓާ ގުޅިފައިވަނީ މުސާރަ އާއި އިނާޔަތްތަކާއެކު 350،000 ރުފިޔާގެ މުސާރައަކަށެވެ.
22 Jul 2026
ހިންމަފުށީގައި ހިނގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ބިދޭސީ ދެމީހުން ރާއްޖެ ނާދެވޭގޮތް ހަދަނީ
މި މާރާމާރީ ހިނގާފައިވަނީ ކޮން ސަބަބަކާ ލައިގެންކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ. އަދި އެމީހުން އަނބުރާ ފޮނުވާލަންޖެހޭކަމަށް ފުލުހުންނަށް ފާހަގަވި އެއްވެސް ކަމެއްގެ ވާހަކަ ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ
22 Jul 2026
ސެންޓަރ އެންޓަރޕްރައިސަސް އާ ދެކޮޅަށް ޖިނާއީ ތަހްގީގެއް ކުރިއަށްގެންދަން އެދިއްޖެ
އޮޑިޓުން އެނގޭ ގޮތުގައި ފައިސާ ހޯދުމަށް އެކުންފުނިން ހުށަހަޅާފައިވާ ލިޔުންތަކަކީ ހިނގާފައިވާ މުއާމަލާތެއްކަން ދެއްކުމަށް އުފައްދާފައިވާ ލިޔުންތަކެއްކަމަށް ބެލެވޭ ގިނަ ކަންކަން ފާހަގަކުރެވިފައިވާކަމަށެވެ.
22 Jul 2026
އެމްއެންޔޫއިން ޕޯސްޓްގްރެޖުއޭޓް އާ ކޯސްތަކެއް ތައާރަފުކޮށްފި
ދިވެހިރާއްޖޭގެ މަތީ ތައުލީމުގެ ފުރުސަތުތައް ފުޅާކުރުމަށާއި، ގައުމަށް ބޭނުންވާ މަތީ ފަންތީގެ މާހިރުން ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) އިން ޕޯސްޓްގްރެޖުއޭޓް އާ ހަ ޕްރޮގްރާމެއް ރަސްމީކޮށް ތައާރަފުކޮށްފިއެވެ.
22 Jul 2026
61 ވަނަ މިނިވަން ދުވަހާ ގުޅުވައި "ސައްބީސް ކާނިވަލް" ބާއްވަނީ!
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހާ ގުޅިގެން އޮފިޝަން އިވެންޓްސް އަދި އެޗްޑީސީ ގުޅިގެން ހުޅުމާލޭގައި "ސައްބީސް ކާނިވަލް" ބޭއްވުމަށް ނިންމައިފިއެވެ.
22 Jul 2026
ޑީޖީޖީ އާއި ޒީރޯ ޕޮއިންޓުގެ ރޮކެޓް ލީގު މުބާރާތަށް ނަން ނޯޓުކުރުން ބަންދުވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އާއި ޒީރޯ ޕޮއިންޓް ގުޅިގެން ބާއްވާ "ޒީރޯ ޕޮއިންޓް ކްލޭޝް ސީރީޒް: ރޮކެޓް ލީގު" އީ-ސްޕޯޓްސް މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާނެ ކަމަށް ދިރާގުން ބުނެފިއެވެ.