03 Jun 2021 | 19:40
އަރަބި ޕާޓީއެއްގެ އެހީގައި ނެތަންހާޔޫ އިޒްރޭލުގެ ބޮޑުވަޒީރުކަމުން ދުރުކޮށްފި

އިޒްރޭލުގެ މެދުވިސްނުމާއި ކަނާތުފިޔައިގެ ސިޔާސީ ޕާޓީތަކަކުން، އަރަބި އިޒްރޭލު ޕާޓީއެއްގެ އެހީތެރިކަން ހޯދައި އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫގެ 12 އަހަރުގެ ވެރިކަން ނިމުމަކަށް ގެނެސްފިއެވެ.

އިޒްރޭލުގައި މާޗްމަހުގެ 23ވަނަ ދުވަހުގައި ބޭއްވި އާންމު އިންތިޚާބުގައި ނެތަންހާޔޫގެ ލިކޫޑް ޕާޓީއަށް އެންމެ ގިނަ ގޮނޑި ލިބުނަސް، ގިނިކަންޏާ ސަރުކާރެއް އެކުލަވާލެވޭނެފަދަ ގޮތެއް ނެތުމުން އެގައުމުގެ ރައީސް ރޫވެން ރިވްލިން ވަނީ ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު އިދިކޮޅު ލީޑަރު ޔައިރް ލެޕިދަށް ދީފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ޔައިރް ލެޕިދްގެ ކަނާތު ފިޔައިގެ ޔެޝް އަތީދް ޕާޓީއަކީ މީގެކުރިން ނެތަންހާޔޫގެ ކޯލިޝަންގެ ބައިވެރިއެކެވެ.

ޔައިރް ލެޕިދް އަދި އޭނާގެ ޔެޝް އަތީދް ޕާޓީއަށް ކޯލިޝަނެއް ހެދުމަށް ލިބުނު ފުރުޞަތުގައި އެ ޕާޓީއާއި ގުޅުނު އެންމެ މުހިންމު ބައިވެރިޔާއަކީ އެޤައުމުގެ ކަނާތު ފިޔައިގެ ވިސްނުމުގެ ނަފްތާލީ ބެނެޓް އަދި އޭނާގެ ޔަމީނާ ޕާޓީއެވެ. ޔަމީނާ ޕާޓީއަށް އިޒްރޭލުގެ ޤާނޫނު ހަދާ މަޖިލީހުގެ ހަ ގޮނޑި ލިބިފައިވެއެވެ.

ބެނެޓަކީ މީގެކުރިން ބޮޑުވަޒީރު ނެތަންހާޔޫގެ ގާތް މީހެކެވެ. އެގޮތުން އޭނާ ވަނީ ނެތަންހާޔޫގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަންވެސް އަދާކޮށްފައެވެ. ޔައިރް ލެޕިދް އަދި ނަފްތާލީ ބެނެޓް ސަރުކާރެއްގެ އެއްބަސްވުމަކަށް އައިސް، ސަރުކާރެއް އެކުލެވޭނެކަން ޔަގީންކުރުމަށް އެހީތެރިކަން ހޯދީ ޢަރަބި އިޒްރޭލު ޕާޓީއެއްކަމަށްވާ ޔުނައިޓެޑް ޢަރަބް ލިސްޓާއެކުގައެވެ. އެ ޕާޓީން އިޒްރޭލުގެ އާންމު އިންތިޚާބުގައި ފަސް ގޮނޑި ހޯދިއިރު، އެ ޕާޓީވެފައިވަނީ އިޒްރޭލުގެ "ކިންގމޭކަރ"އަށެވެ.

އެގޮތުން ނެތަންޔާހޫވެސް ސަރުކާރެއް ހެދުމަށް މަސައްކަތް ކުރިއިރު، ޔުނައިޓެޑް ޢަރަބް ލިސްޓުގެ އެހީ ހޯދުމަށް މަސައްކަތްކުރިއެވެ. އޭރު ޔަމީނާ ޕާޓީން ނެތަންޔާހޫގެ ކޯލިޝަން ސަރުކާރުގައި ބައިވެރިވާން ދެކޮޅު ހެދި ސަބަބަކީވެސް އެއީއެވެ.

ނަމަވެސް ޔައިރް ލެޕިދް ވަނީ ޔަމީނާ ޕާޓީ އަދި ޔުނައިޓެޑް ޢަރަބް ލިސްޓް އެއްގަލަކަށް އަރުވައި، ސަރުކާރެއް އެކުލަވާލުމަށް ދީފައިވާ މުހުލަތު ހަމަވުމުގެ މަދު ގަޑިތަކެއްކުރިން އެޤައުމުގެ ރައީސް ރޫވެން ރިވްލިނަށް އެކަން އަންގާފައެވެ. މީގެ އިތުރުންވެސް އެކި ޕާޓީތަކަކުން ވަނީ މި އާ ކޯލިޝަން ސަރުކާރުގައި ބައިވެރިވާން ނިންމާފައެވެ.

މި ސަރުކާރުގެ އެއްބަސްވުން ރޭވިފައިވާގޮތުން، ފުރަތަމަ ދެ އަހަރު ބޮޑުވަޒީރުކަން އަދާކުރާނީ ނަފްތާލީ ބެނެޓެވެ. އަދި ބާކީއޮތް ދެ އަހަރު ވެރިކަން ކުރާނީ އިދިކޮޅު ލީޑަރު ޔައިރް ލެޕިދެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިއީ އިޒްރޭލުގެ ވެރިކަންކުރާ ކޯލިޝަނެއްގައި ޢަރަބި އިޒްރޭލު ޕާޓީއެއް ހިމެނޭނެ ފުރަތަމަ ފަހަރެވެ. އެހެންކަމުން މި ކޯލިޝަން ސަރުކާރު ދެމިއޮންނާނެކަމާއި، މުސްލިމުންނާމެދު އާ ސަރުކާރުން އަމަލުކުރާނެގޮތެއް ބެލުމަށް ގިނަބަޔަކު ތިބީ ކެތްމަދުވެފައެވެ.

އާ ސަރުކާރު ރަސްމީވެގެންދާނީ ކޯލިޝަން އެއްބަސްވުމަށް އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގެ ރުހުން ލިބިގެންނެވެ. ބެލެވޭ ގޮތުގައި ކުރިއަށް އޮތް ހަފްތާއެއް ނުވަތަ ދެ ހަފުތާއެއްގެ ތެރޭގައި އެކަން ވެގެންދާނެއެވެ.

މަސްދަރު: އަލްޖަޒީރާ

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ
21 Sep 2026
ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރުކުރި 6 މީހުންނަށް ދައުވާކުރަން ފޮނުވައިފި
ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި، ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ހަ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް (ޕީޖީ) ފޮނުވައިފިއެވެ.