ރައީސް ޔާމީންގެ އަގު ވައްޓާލުމަށް ވާހަކަ ދެއްކިއަސް، އެމަނިކުފާނުގެ ގަދަރަށް ބަދަލެއް ނާންނާނެ: އަބްދުރަހީމް

28 Dec 2018 | 02:28

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަގުވައްޓާލަން ކޮންމެ ވާހަކަތަކެއް ދެއްކި ނަމަވެސް އެމަނިކުފާނަށް ތާއީދުކުރާ މީހުންގެ ހިތްތަކުގައި އޮތް ގަދަރާއި އިހުތިރާމަށް ކުޑަވެސް ބަދަލެއް ނާންނާނެ ކަމަށް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަބްދުރަހީމް މިހެން ވިދާޅުވެފައި މިވަނީ ކުރީގެ ރައީސުލްޖުމްހޫރީޔާގެ ތަރުޖަމާނު އިބްރާހިމް މުޢާޒް އަލީ ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއަކީ ރައީސް ޔާމީންއަށް އެނގިވަޑައިގެން ހިނގާފައިވާ ހާދިސާއެއްގޮތުއި ސިފަކުރެވޭގޮތަށް ދެއްކެވި ވާހަކަތަކާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

"ރައީސް ޔާމީންގެ އަގު ވައްޓާލުމަށް ބަޔަކު ކޮންމެ ވާހަކައެއް ދެއްކިޔަސް އަސްލެއްނެތް ތުހުމަތު ތަކާއި އިލްޒާމުތައް އެމަނިކުފާނުގެ އިސްތަށިފުޅުގައި އެޅުވިއަސް އެމަނިކުފާނަށް ތާއިދުކުރާ މީހުންގެ ހިތްތަކުގައި އޮތް ގަދަރާއި އިހްތިރާމަށް ކުޑަވެސް ބަދަލެއް ނާންނާނެ. އިންޝާ ﷲ." އަބްދުރަހީމް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

މުޢާޒްގެ ޕްރެސް ކޮންފަރެންސްއާއި ގުޅިގެން ޕީޕީއެމްއިން ވަނީ މުއާޒް ހެއްދެވީ "ރޯ ބުހުތާނު ދޮގެ" ކަމަށް ބުނެ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.



Advertisement

ކޮމެންޓް