09 Jun 2021 | 21:11
ހަޒާޑްގެ ދިފާޢުގައި ބެލްޖިއަމް ކޯޗު ވާހަކަދައްކައިފި

ސްޕެއިންގެ ރެއާލް މެޑްރިޑުގައި މާ އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް ހަޒާޑް އަކީ ޤައުމީ ޓީމަށް އަދިވެސް މުހިންމު ކުޅުންތެރިއެއް ކަމަށް ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.

ޔޫރޯގައި ވާދަކުރާ ބެލްޖިއަމް ޓީމުގެ ތައްޔާރީތަކާއި ގުޅޭ ވާހަަކަދެއްކުމަށް ބޭއްވި ނޫސްެވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން މާޓިނޭޒް ވަަނީ ރެއާލް މެޑްރިޑުގައި ހަޒާޑުގެ އަސްލު ކުޅުން ނުފެންނާތީ ކަންބޮޑުވާ ކަމަށް ބުނެފައެވެ.

"އޭނަގެ (ހަޒާޑް) ގެ އެއްވެސް ނަސީބެއް ނެތް ރެއާލް މެޑްރިޑުގަ، އެކަމަކު އެއީ އަދިވެސް ބެލްޖިއަމް ޤައުމީ ޓީމަށް މުހިންމު ކުޅުންތެރިއެއް، އުއްމީދަކީ ޔޫރޯގައި އޭނަގެ އަސްލު ކުޅުން ފެނުން" މާޓިނޭޒް ބުންޏެވެ.

އިނގިރޭސި ކުލަބު ޗެލްސީން 100 މިލިއަަން ޕައުންޑުގެ އަގެއްގައި ރެއާލް މެޑްރުޑަށް 2019 ވަނަ އަހަރުގެ ހޫނު މޫސުމުގައި ބަދަލުވި ހަޒާޑަށް އަދި މިވީހާ ދުވަހު އެ ކުލަބުގައި މާ އެދެވޭ ކުޅުމެއް ނުދެއްކެއެވެ. އަނިޔާއާއި ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން އޭނާ ހުންނަން ޖެހެނީ ކުޅުމާ ދުރުގައެވެ. ނުވަތަ ބެންޗުގައެވެ. ކުޅެން ލިބުނީ މަދު މެޗުތަކެއްގައެވެ.

މާޓިނޭޒް ބުނީ ނަސީބަކީ ކޮންމެ ކުޅިވަރެއްގަވެސް އޮންނަ އެއްޗެއް ކަމަށާއި މިފަހަރުގެ ޔޫރޯގައި ހަޒާޑުގެ ނަސީބު ގަދަވުން ވެސް އެއީ އެކަށީގެންވާާ ކަމެއް ކަމަށެވެ.

ބެލްޖިއަމް ޤައުމީ ޓީމަށް ހަޒާޑް ކުޅެން ފެށީ އޭނާގެ އުމުރުން 17 އަހަރުގައެވެ. އެއީ 2009 ވަނަ އަހަރުގައެވެ. މިހާރު އުމުރުން 30 އަހަރުުވެފައިވާ ހަޒާޑް ބެލްޖިއަމް ޤައުމީ ޓީމަށް ކުޅެދިން 107 މެޗުގައި 32 ގޯލު މިހާތަނަށް ޖަހާފައވެެ. އަދި 2018 ވަނަ އަހަރުގެ ވޯލްޑްކަޕުގެ ސެމީފައިނަލަށް ބެލްޖިއަމް ގެންގޮސްދިނުމުގައި ވެސް ހަޒާޑް އަކީ އިސް ރޯލެއް އަދާކުރި ކުޅުންތެރިއެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.