09 Jun 2021 | 21:07
ޔޫރޯގެ ކުރީކޮޅު ބެންޒެމާ އަށް ނުކުޅެވޭނެކަން ކަށަވަރުވެއްޖެ

ޔޫރޯ ފުޓުބޯޅަ މުބާރާތް ފެށެން ގާތްވެފައިވަނިކޮށް ފްރާންސް ޤައުމީ ޓީމުގެ ތަޖުރިބާކާރު ފޯވާޑް ކަރިމް ބެންޒެމާ އަށް އަނިޔާވެ މިފަހަރުގެ ޔޫރޯގެ ކުރީކޮޅު ފުރާންސް ކުޅޭ މެޗުތަކުގައި ނުކުޅެވޭނެ ކަން ކަށަވަރުވެއްޖެ އެވެ.

ބެންޒެމާ އަށް އަނިޔާވީ ބަލްގޭރިއާއާ ދެކޮޅަށް ފުރާންސް ރޭ ކުޅުނު އެކުވެރިކަމުގެ މެޗު ފުރަތަމަ ހާފުގެ ތެރެއިންނެވެ. ނަމަވެސް މީޑިއާ ރިޕޯޓުތައް ބުނާގޮތުން މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހުކޮޅު ފުރާންސް ކުޅޭ މެޗުތަކަށް ބެންޒެމާ ފިޓުވާނެ އެވެ.

މި މެޗަށްފަހު ވާހަކަދައްކަމުން ފުރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނީ ބެންޒެމާ އަށް ލިބުނު އަނިޔާ އެހާ ސީރިއަސް ނުވި ނަމަވެސް ޔޫރޯގެ ކުރީކޮޅު އޭނާ ލައްވާ ކުޅުވަން ބޭނުންނުވާ ކަމަށެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކަށް ނިންމީ ބެންޒެމާގެ އަނިޔާއިން އެއްކޮށް ރަނގަޅު ވަންދެން ބެހެއްޓުމަށް ކަމަށެވެ.

މި އަނިޔާއާއި ގުޅިގެން ބެންޒެމާ ދަނީ ފްރާންސް ގައުމީ ޓީމުގެ މެޑިކަލް ޓީމާއެކު ގިނަ ޓެސްޓުތަކެއް ހަދަމުންނެވެ. އަދި ލިބުނު އަނިޔާއާއި ގުޅޭ އެހެނިހެން ކަންކަން ބަލަމުންނެވެ.

ބަލްގޭރިޔާ އާއި ވާދަކުރި މި މެޗު ފުރާންސް ކާމިޔާާބުކޮށްފައިވވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފްރާންސް ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ އަނިޔާވެގެން ފޭބި ބެންޒެމާގެ ބަދަލުގައި ކުޅެން އެރި ޖިރޫޑް އެެވެ. އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބުކުރީ ގްރިޒްމަން އެވެ.

ޔޫރޯގައި ފުރާންސް ހިމެނެނީ ވަރުގަދަ ގްރޫޕެއްގައެވެ. ގްރޫޕް އެފް ގައި ފްރާންސް އާއެކު ހިމެނޭ ޓީމުތަކަކީ އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލް އާއި ޖަރުމަނުގެ އިތުރުން ހަންގޭރީ އެެވެ.

އަންނަ އަންގާރަ ދުވަހު ޔޫރޯގައި ފުރާންސް ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޖަރުމަނާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ
21 Sep 2026
ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރުކުރި 6 މީހުންނަށް ދައުވާކުރަން ފޮނުވައިފި
ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި، ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ހަ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް (ޕީޖީ) ފޮނުވައިފިއެވެ.
21 Sep 2026
ޣައްޒާގައި ނުރައްކާތެރި އިމާރާތްތައް ތަޅައިލަން ފަށައިފި
އިސްރާއީލުގެ ހަމަލާތަކުގައި ބޮޑެތި ގެއްލުން ލިބި ވެއްޓުމުގެ ބިރު ހީވެފައިވާ 255 އިމާރާތެއް ތަޅައިލުމުގެ މަޝްރޫޢެއް ޣައްޒާގައި ފެށީ ރައްޔިތުންގެ ފުރާނައަށް އޮތް ނުރައްކާ ކުޑަކުރުމަށެވެ.
21 Sep 2026
ޓެކުސް ނުދައްކާ 33 ފަރާތެއްގެ ނަން މީރާއިން ޢާންމުކޮށްފި
ދައުލަތަށް ދައްކަންޖެހޭ ޓެކުހުގެ ފައިސާގެ ތެރެއިން އެއް މިލިއަން ރުފިޔާއަށްވުރެ ބޮޑު ޢަދަދެއް ނުދައްކައި ހުރި 33 ފަރާތެއްގެ މަޢުލޫމާތު މީރާއިން ހާމަކޮށްފިއެވެ.
21 Sep 2026
އަތުލިޔުމުގެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި
ޢަލީ ފަހުމީގެ ވާދައިގެ ތައްޓަށް ބާއްވާ އަތުލިޔުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފައިވާއިރު، ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އޮކްޓޫބަރު 8 ވަނަ ދުވަހެވެ.
21 Sep 2026
މެޑަމް ސާޖިދާ ނިއޯކެއަރ ދާއިރާއަށް ތަމްރީނު ލިބޭ މީހުން ބިނާކުރަން ގޮވައިލައްވައިފި
ނިއޯކެއަރ ކޮންފަރެންސް ހުޅުއްވައިދެއްވައި ސާޖިދާ ވިދާޅުވީ ޒަމާނީ ވަސީލަތްތައް ހޯދުމާ އެއްވަރަށް ތަމްރީނު ލިބިފައިވާ ސިއްޙީ ޚިދުމަތްތެރިން ބިނާކުރުން ކޮންމެހެން ބޭނުންތެރި ކަމަށެވެ.
21 Sep 2026
ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް ހިންގަން ސޮއިކޮށްފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އަބޫދާބީއަށް ނިސްބަތްވާ މަޝްހޫރު ޑިވެލޮޕަރ، އީގަލް ހިލްސްއިން ދިވެހި ސަރުކާރާއެކު 20 ބިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫޢެއް ތަރައްޤީ ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
21 Sep 2026
މަސްޖިދުލް ޙަރާމްގެ މުއައްޛިން، ޝައިޚް އިބްރާހީމް އަލްމަދަނީ އަވަހާރަވެއްޖެ
މައްކާގެ މަސްޖިދުލް ޙަރާމްގެ މަޝްހޫރު މުއައްޛިން، ޝައިޚް އިބްރާހީމް ބިން ޢާދިލް ޙަމްޒާ އަލްމަދަނީ އަވަހާރަވެއްޖެއެވެ. ޝައިޚް އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.