13 Jun 2021 | 06:26
ޚިޔާލު ފާޅުކުރުން ހުއްޓުވާކަމަށް ބުނެ ސަލަފްގެ ސިޓީއެއް ފުލުހަށް

ޤާނޫނުލްޢުޤޫބާތަށް އިޞްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ހިސާން ޙުސައިން ހުށަހެޅުއްވި ބިލާއި ގުޅިގެން އޭގައި ހުރި ކަންބޮޑުވުންތަކުގެ ވާހަކަ ދައްކާ ފުލުހުންނަށް އެކަން ނުކުރުމަށް ފުލުހުންގެ އިދާރާއިން އަންގާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށްބުނެ ޖަމުޢިއްޔަތުއް ސަލަފުން ފުލުހުންގެ އިދާރާއަށް ސިޓީއެއް ފޮނުވައިފިއެވެ.

އެ ޖަމުޢިއްޔާއިން މިއަދު ބުނީ، "ނަފުރަތު މަނާ ކުރާ ބިލްގެ ގޮތުގައި ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ ބިލާ ދެކޮޅަށް "ބޭންސެކިއުލަރބިލް" ގެ ޝިޢާރުގެ ދަށުން ޖަމްޢިއްޔަތުއްސަލަފުން ފަށާފައިވާ ޤައުމީ ކެމްޕޭނުގައި ރައްޔިތެއްގެ ހައިސިއްޔަތުން ބައިވެރިވަމުންދާ ފުލުހުންނަށް އެކަން ފުލުހުންގެ މުއައްސަސާއިން މަނާކުރަމުންދާ ކަމަށް ޚަބަރު ލިބިފައިވާތީ، ކަމުގެ ޙަޤީޤަތް ސާފު ކޮށް އޮޅުން ފިލުވުމަށްޓަކައި ހޯމް މިނިސްޓަރަށާއި، ކޮމިޝަނަރ އޮފް ޕޮލިސްއަށް މިއަދު ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އެ ޖަމުޢިއްޔާގެ ސިޓީގައި ބުނެފައިވަނީ، އެބިލަށް އިބުތިދާއީކޮށް އިންކާރު ފާޅުކުރުމަށާއި، އަދި މަޖިލީހަށް ހުށައެޅޭ ބިލުތަކާމެދު އާންމު ރައްޔިތުންނާ، މަދަނީ ޖަމުޢިއްޔާއެއްގެ ހައިސިއްޔަތުން ފާޑުކިޔައި، ޚިޔާލު ފާޅުކުރުމަށް ޤާނޫނީގޮތުން ލިބިދޭ ޙައްޤުގެ ބޭނުން ހިފުމުގެ ގޮތުންނާއިވެސް އެކުގައި، 6 މެއި 2021 ގައި، ސޯޝަލް މީޑިއާގައި " ބޭންސެކިއުލަރބިލް" ގެ ޝިޢާރުގެ ދަށުން، ޖަމުޢިއްޔަތުއްސަލަފުން ފަށާފައިވާ ކެމްޕޭންގައި، މަދަނީ މުޥާޠިނެއްގެ ޙައިޘިއްޔަތުން ބައިވެރިވެ، އަމިއްލަ ހިޔާލު ފާޅުކުރާން ބޭނުން ކޮންމެ ފަރުދަކަށް އެ ޙައްޤު އޮތްކަމަށް ދެކޭކަމަށް ބުނެފައިވެއެވެ.

އަދި އެ ޙައްޤުން އެއްވެސް ދިވެހި ރައްޔިތަކު މަޙުރޫމު ކުރުމަކީ، ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަތުން ކަމަށާއި، ވަކިން ޚާއްޞަކޮށް ޤާނޫން އަސާސީގެ ޙައްޤުތައް ރައްކާތެރި ކޮށްދިނުމުގެ ބެލެނިވެރިކަން ހަވާލުކުރެވިފައިވާ އެއް މުއައްސަސާކަމުގައިވާ ދިވެހިފުލުހުންގެ މުއައްސަސާ އިން އެ މިނިވަންކަމަށް ހުރަސްއެޅުމީ ރައްޔިތުންގެ އަސާސީ ޙައްޤުތަކުގެ މިނިވަންކަން ގެއްލި، އިޖުތިމާޢީ ދިރިއުޅުން ބަނަކޮށް، ނާމާންކުރުން ކަމުގައި ނޫނީ ނުބެލެވޭނެ ކަމަށް ސިޓީގައި ބުނެފައިވެއެވެ.

މީގެ އިތުރުން، މިކަމުގައި ފުލުހުންގެ އިދާރާއިން ގެންގުޅޭ ސިޔާސަތަކީ ކޮބައިކަން ސާފުކުރުމަށް ސިޓީގައި ވަނީ އެދިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.
10 Sep 2026
ވަކީލުންގެ ބޮޑު ޓީމަކާއެކު ނާކާމިޔާބު: ކެނެބިސް ޓްރެފިކުކުރުމުގެ ކުށުން ކުށްވެރިވެ އުމުރަށް ޖަލަށް
މި މައްސަލާގައި ޝަރީފްގެ ދިފާއީ ވަކީލުންގެ ގޮތުގައި ހަތަރު ވަކީލުން ހިމެނޭ ގާނޫނީ ޓީމެއް މަސައްކަތް ކުރި އެވެ. އޭގެ ތެރޭގައި މަޝްހޫރު ބައެއް ވަކީލުން ވެސް ހިމެނެ އެވެ.