N/A
N/A
ހަބަރު 15 Jun 2021 | 18:03

ފިލިޕީންސް އާއި އެއްވަރުގެ ރާއްޖެއަށް ޕްލޭއޮފުން ފުރުޞަތު

ފީފާ ވޯލްޑްކަޕް އަދި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ގްރޫޕްސްޓޭޖުގެ ފަހު މެޗުގައި ފިލިޕީންސް އާއި އެއްވަރުވެ އޭޝިއަން ކަޕަށް ކޮލިފައިވާން ރާއްޖެ ޕްލޭއޮފުން ފުރުޞަތު ހޯދައިފިއެވެ.

ޕްލޭއޮފް ބުރުގައި ރާއްޖެއިން ބައްދަލުކުރަން ޖެހޭނީ ކޮލިފައިންގައި ވާދަކުރި ގްރޫޕްތަކުގެ ތެރެއިން ދަށް ނަތީޖާ ނެރުނު ޓީމަކާއެވެ. ރާއްޖެ ގްރޫޕުން އެއްވަނަ ހޯދައި އޭޝިއަން ކަޕުގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދާފައިވަނީ ސީރިއާ އެވެ. ދެވަނައިގައި އޮތީ ޗައިނާއެވެ.

މި ނަތީޖާއާއެކު ރާއްޖެ ގްރޫޕްސްޓޭޖު ނިންމާލީ ކުޅުނު ހުރިހާ މެޗެއްގެ ތެރެއިން ލިބުނު ޖުމްލަ 7 ޕޮއިންޓާއެކު އެވެ. އެއީ ގުއާމް އަތުން ދެ ލެގުން ލިބުނު ޖުމްލަ ހަ ޕޮއިންޓާއި ފިލިޕީންސް އަތުން އެއްވަރުވެގެން ލިބުނު ޕޮއިންޓެވެ.

މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެއިން މޮޅު ކުޅުމެއް ކުޅެމުންދަނިކޮށް ފިލިޕީންސް އިން ވަނީ ލިބުނު ދަނޑިވަޅުގައި ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ 18 ވަނަ މިނެޓުގައި ކާމިޔާބުކުރީ އެންހެލް ޖިރަލްޑޯ އެވެ.

ފިލިޕީންސް އަށް މި ލީޑުގައި މާ ގިނައިރު ހިފަހައްޓާ ނުލެވުނެވެ. މެޗުގެ 25 ވަނަ މިނެޓުގައި ޢަލީ ފާސިރު (ސެންޓޭ) ގެ ހުނަރުވެރި ކުޅުމާއެކު މެޗުގެ ނަތީޖާ ވަނީ އެއްވަރުކޮށްފައެވެ.

މިއީ ޤައުމީ ކޯޗުކަމާއި ކޫޕްމަން ހަވާލުވިފަހުން މިހާތަނަށް މެޗަކުން ބަލިނުވެ ނިންމާލި ފުރަތަމަ މެޗެވެ. ކޮލިފައިންގައި ރާއްޖެ މޮޅުވެފައިވަނީ ގުއާމް އާއި ދެކޮޅަށް ކުޅުނު ދެ ލެގު މެޗެވެ. ރާއްޖެ ހިމެނޭ ގްރޫޕުގެ އެއްވަނަ ހޯދީ ސީރިއާ އެވެ. ދެވަނައިގައި އޮތީ ޗައިނާ އެވެ. ކޮލިފައިންގެ ފަހު މެޗުގައި ބައްދަލުކުރާނީ މި ދެ ޓީމެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓް ކުންފުންޏަށް މިދިޔަ، ދެ އަހަރުވެސް ގެއްލުން
26 Oct 2026 ހަބަރު

އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓް ކުންފުންޏަށް މިދިޔަ، ދެ އަހަރުވެސް ގެއްލުން

އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ 2025 ވަނަ އަހަރުގެ މާލީ ބަޔާނާ ގުޅޭގޮތުން ނެރެފައިވާ ރިޕޯޓްގައި ވާގޮތުން މިދިޔަ އަހަރު އެކުންފުންޏަށް ވަނީ 68.7 މިލިއަން ރުފިޔާ ގެއްލުން ވެފައެވެ.

ފުލުހުންގެ މައި މަރުކަޒު ކައިރީ އެކްސިޑެންޓެއް
26 Oct 2026 ހަބަރު

ފުލުހުންގެ މައި މަރުކަޒު ކައިރީ އެކްސިޑެންޓެއް

ފުލުހުން ބުނީ އެކްސިޑެންޓާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ގާނޫނުން އުގޫބާތަށް ގެންނަ ބަދަލު، މިކުރަނީ 42 އަހަރުވީއިރު ކުރަންޖެހި ނުކޮށް އޮތް ކަމެއް: އުޝާމް
26 Oct 2026 ހަބަރު

ގާނޫނުން އުގޫބާތަށް ގެންނަ ބަދަލު، މިކުރަނީ 42 އަހަރުވީއިރު ކުރަންޖެހި ނުކޮށް އޮތް ކަމެއް: އުޝާމް

ވިދާޅުވީ އޭގެ ފަހުން 42 އަހަރު ވެގެން ދިޔައިރުވެސް ދިވެހިރާއްޖެއިން މި ޒިންމާ އަދާކޮށްފައެއްނުވާ ކަމުގައި ވިދާޅުވި އެވެ.

ޗައިނާގެ ބެއިޖިންގައި މޯލްޑިވިއަންއިން އާ އޮފީހެއް ރަސްމީކޮށް ހުޅުވައިފި
26 Oct 2026 ހަބަރު

ޗައިނާގެ ބެއިޖިންގައި މޯލްޑިވިއަންއިން އާ އޮފީހެއް ރަސްމީކޮށް ހުޅުވައިފި

މޯލްޑިވިއަންއިން ބުނީ މި އޮފީސް ހުޅުވުމަކީ ޗައިނާގެ މާކެޓުގައި އެ އެއާލައިންގެ ހަރަކާތްތައް އިތުރަށް ވަރުގަދަކޮށް، އެ ޤައުމުގައި ތިބި ވިޔަފާރި ބައިވެރިންނާއި ކަސްޓަމަރުންނާ އޮންނަ ގުޅުން ބަދަހިކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ

ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން މިމަހު 28ގެ ނިޔަލަށް މާރުކޮށް ނިންމުމަށް ހަނދާންކޮށްދީފި
26 Oct 2026 ހަބަރު

ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން މިމަހު 28ގެ ނިޔަލަށް މާރުކޮށް ނިންމުމަށް ހަނދާންކޮށްދީފި

އެމްއެމްއޭއިން ބުނީ، ސުންގަޑި ހަމަވާއިރު ވެސް ޤާނޫނާ އެއްގޮތަށް މާރުކުރުމުގެ އިންތިޒާމު ފުރިހަމަ ނުކުރާ ފަރާތްތަކުގެ ނަންތައް، ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް އާންމުކުރެވޭނެ ކަމަށެވެ.

ދިރާސީ އަހަރު ޖެނުއަރީގައި ފެށުމަށް ގާނޫނުގައި ކަނޑައަޅަނީ
26 Oct 2026 ހަބަރު

ދިރާސީ އަހަރު ޖެނުއަރީގައި ފެށުމަށް ގާނޫނުގައި ކަނޑައަޅަނީ

ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުނު ބިލެއްގައި، ދިރާސީ އަހަރު ކިޔެވުން ފެށޭނެ ދުވަހަކީ ކޮންމެ އަހަރެއްގެ ޖެނުއަރީ މަސް ކަމުގައި ތަޢުލީމާބެހޭ ޤާނޫނުގައި ކަނޑައަޅުއްވައި، އެކަން ހިމަނާފައިވެއެވެ.

ސިއްހީ ތައުލީމު ކުރިއެރުވުމަށް އެމްއެންޔޫއިން ޕާކިސްތާނުގެ ޔުނިވާސިޓީއަކާ ގުޅިގެން ކޮންފަރެންސެއް ބާއްވައިފި
26 Oct 2026 ހަބަރު

ސިއްހީ ތައުލީމު ކުރިއެރުވުމަށް އެމްއެންޔޫއިން ޕާކިސްތާނުގެ ޔުނިވާސިޓީއަކާ ގުޅިގެން ކޮންފަރެންސެއް ބާއްވައިފި

މި ކޮންފަރެންސުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ސިއްހީ ދާއިރާގެ މުދައްރިސުންނާއި، ދިރާސާކުރާ ފަރާތްތަކާއި، ސިއްހީ ޚިދުމަތްތެރިންނާއި އަދި ސިޔާސަތު ކަނޑައަޅާ ފަރާތްތައް ވަނީ ބައިވެރިވެފައެވެ.

ޖީއެސްޓީ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުން ހަރުދަނާކުރުމާ ގުޅޭ ބިލު މަޖިލީހަށް ބަލައިގެންފި
26 Oct 2026 ހަބަރު

ޖީއެސްޓީ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުން ހަރުދަނާކުރުމާ ގުޅޭ ބިލު މަޖިލީހަށް ބަލައިގެންފި

ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުން ހަރުދަނާކުރުމަށް، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ބަލައިގެންފައެވެ.