ކޮވިޑް-19އަށް މިއަދު ޕޮޒިޓިވްވީ 241 މީހުން!

16 Jun 2021 | 23:03

ދިވެހިރާއްޖެއިން ކޮވިޑް-19އަށް މިއަދު ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 241 މީހުންނަށް އަރައިފިއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 241 މީހަކު ވަނީ އަލަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި ހިމެނެނީ، މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 90 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 143 މީހަކާއި، ހިންގަމުންދާ ރިސޯޓްތަކުން ޕޮޒިޓިވްވި 6 މީހަކާއި އަދި ތަރައްގީކުރަމުންދާ ރަށްރަށުން ޕޮޒިޓިވްވި ދެމީހެކެވެ.

މިއަދާ ހަމައަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު 71،138 އަށް އަރާފައިވާއިރު، މި ބައްޔަށް 67 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 63،180 އަށް އަރާފައެވެ.

Advertisement

ކޮމެންޓް