މާލޭ މަސް މާރުކޭޓްގައި އައިސް ވިއްކާނެ ބަޔަކު ހޯދަން އިއުލާންކޮށްފި

20 Jun 2021 | 16:03

މާލޭގެ މަސް މާރުކޭޓްގައި އައިސް ވިއްކާނެ ބަޔަކު ހޯދުމަށް މާލޭ ސިޓީ ކައުންސިލުން އިއުލާނު ކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މާލޭ މަސްމާރުކޭޓްގައި މަސް ވިއްކާ ފަރާތްތަކަށް އައިސް ވިއްކުމުގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

އެހެންކަމުން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހާއިރު މަސް މާރުކޭޓް ތެރެއިން އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި، މަސްވެރިންނަށް އައިސް ގަންނަން ލިބޭނެ އެންމެ ކުޑަ އަގު ހިމަނަންވާނެ ކަމަށް އިއުލާނުގައިވެ އެވެ. 

އަދި މެދުނުކެނޑި ކޮންމެ ދުވަހަކުވެސް މަސްވެރިންނަށް އައިސް ގަންނަން ލިބޭނެ އިންތިޒާމު އޮންނާނެ ގޮތް ޕްރޮޕޯސަލްގައި ހިމަނަން ޖެހޭނެ ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެއެވެ.

ސިޓީ ކައުންސިލުން ބުނީ އައިސް ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކުން އެ އިންތިޒާމް ރާވާ ހިންގާނެ ގޮތުގެ ޕްރޮޕޯސަލް ޖޫން 21 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ކުރިން މާލޭ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާއި ބެހޭ ބަޔަށް ހުށަހެޅުމަށެވެ.

Advertisement

ކޮމެންޓް