ރައީސް ޞާލިޙުގެ ކޮއްކޮ ނިޔާވެއްޖެ

21 Jun 2021 | 09:58

ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ކޮއްކޮ އަލްޙާފިޒް އަޙުމަދު މުޙައްމަދު ޞާލިހް ނިޔާވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި އަލްހާފިޒް އަހުމަދު މުހައްމަދު ޞާލިހް ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

އަހުމަދު މުހައްމަދު ޞާލިހް ނިޔާވީ ޔުނައިޓެޑް އަރަބް އެމިރެޓްސްގެ ވެރި ރަށް ދުބާއީގައި ހުންނަވަނިކޮށެވެ. އަލްހާފިޒް އަހުމަދު މުހައްމަދު ޞާލިހް އަވަހާރަވިއިރު އުމުރުފުޅަކީ 57 އަހަރުފުޅެވެ.

އަޙްމަދަކީ ރައީސް ޞާލިޙުގެ ޢާއިލާގައި ތިއްބަވާ ލޯފަން ހަތަރު ބޭފުޅުންގެ ތެރެއިން އެއް ބޭފުޅާއެވެ. އެއިން ތިން ބޭފުޅުންނަކީ ކީރިތި ޤުރުއާން ހިތްޕުޅުން ދަސްކުރައްވާފައިވާ ޙާފިޒުންނެވެ. އަޙްމަދަކީވެސް ޤުރުއާން ހިތްޕުޅުން ދަސްކުރެއްވުމުގެ މަސައްކަތްކުރެއްވި ބޭފުޅެކެވެ. ނަމަވެސް ޞިއްޙީ ޙާލުކޮޅު ހުރި ގޮތުން ހާފިޒުކަމުގެ ކޯސް އޭނާއަށް ފުރިހަމަކުރެއްވިފައިނުވެއެވެ.

Advertisement

ކޮމެންޓް