21 Jun 2021 | 20:01
ހިޔާކުރަން ކުރި ޚަރަދު މިލިއަނުން: ހިޔާ 15 ފުލެޓުގެ ފިނިޝިން ނިންމާލެވޭނެ ވަރުގެ ޚަރަދެއް!

އިޖުތިމާޢީ އެކި ކަންކަމަށް ސަރުކާރުގެ ކުންފުނިތަކުން ބޮޑެތި އަދަދުތައް ބަޖެޓުގައި ކޮންމެ އަހަރަކުވެސް ހިމަނައެވެ. އެކަންކަމަކީ މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތް ކުރާ ފަރާތްތަކަށާއި، މުޖުތަމައުގައި އެހީއަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ކުންފުނިން ކަނޑައާޅާފައިވާ ބަޖެޓެކެވެ.

މިފަދަ އެހީތައް މިހާތަނަށް ކުންފުނިތަކުން ޚަރަދުކޮށްފައިވަނީ ބޮޑެތި ކުޅިވަރު މުބާރާތް ސްޕޮންސަރ ކުރުމާއި، ސިޔާސީ ފަރާތްތަކުން ހިންގާ ހަރަކާތްތަކާއި، ރާއްޖޭގައި ހަރަކަތްތެރިވާ ބައެއް ޖަމިއްޔާ ޖަމާއަތްތަކަށެވެ.

އެގޮތުން މި ސަރުކާރުން އެމް.ޑަބްލިއު.އެސް.ސީގެ ސީއެސްއާރް ބަޖެޓުން 1.2 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށް އައިޖީއެމްޗް ކައިރީ ޓެކްސީ ސްޓޭންޑް ގެ މަތި މިވަނީ ހިޔާކޮށްފައެވެ.

ކޮންސްޓްރަކްޝަން ދާއިރާގައި ހަރަކަތްތެރިވާ ބައެއް ފަރާތްތަކާއި ވާހަކަ ދައްކައި ހޯދި މަޢުލޫމާތުން މިއީ ހިޔާ ފުލެޓުގެ 15 ފުލެޓުގެ ފިނިޝިން މަސައްކަތް ނިންމާލުމަށް ޚަރަދުކުރެވިދާނެ މިންވަރެކެވެ.

"އެންމެ ކުޑަކޮށް ހިޔާ ފުލެޓުގެ މުށި ޖެހުމާއި، ދޮރު ހަރުކުރުން 80،000ރ އަށް ނިންމާލެވޭނެ. އެހެންވީމަ 1.2 މިލިއަންއިން 15 ހިޔާ ފުލެޓު އަޅުގަނޑުމެންނަށް ނިންމާލެވޭނެ. މިފަދަ ބަޖެޓުތައް ހިޔާ ފުލެޓު ހެދުމަށް މާލީ ތަނަވަސްކަން ނެތް މީހުންނަށް ދިނުން ރަނގަޅު" 20 އަހަރު ދުވަހު އިމާރާތްކުރުމުގައި ހަރަކަތްތެރިވެފައިވާ މީހަކު ވޮއިސްއަށް ކިޔައިދިނެވެ.

މިހާރު މީހުން ވަނުމަށް ތައްޔާރު ވެފައިވާ ހިޔާ ފުލެޓު މި ސަރުކާރުން ހަވާލުކުރަން ނިންމާފައިވަނީ އެއްކޮށް ނުނިންމައިކަމަށް ސަރުކާރުން މިވަނީ ހާމަކުރައްވާފައެވެ. އެއީ ކުރީ ސަރުކާރުން ފުލެޓުގެ ފިނިޝިންއަށް ހަމަ ޖައްސާފައިވާ ލޯނު މި ސަރުކާރަށް ސެކިއުއާ ނުކުރެވުމުންކަމަށްވެސް މި ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. އެހެންކަމުން ފުލެޓުގެ ފިނިޝިން މަސައްކަތް ނިންމަން ޖެހިފައިވަނީ ރައްޔިތުންނަށެވެ.

އިޖުތިމާޢީ ބޯހިޔާ ވަހިކަމަކީ މުޖުތަމައުގެ އެންމެ ހާލުގައި އުޅޭ މީހުންނަށް ޚާއްޞަކުރެވިފައިވާ ތަނެއްކަމުން މިތަންތަންނަށް ވަންނަ ފަރާތްތަކުގެ ފިނިޝިން މަސައްކަތް ކުރާނެ ވަރުގެ ތަނަވަސްކަން ނެތް މައްސަލައިގެ ޝަކުވާ ސަރުކާރަށް ކުރަމުން އަންނައިރު، މިފަދަ ފަރާތްތަކަށް އަދިވެސް ސަރުކާރުން ގޮތެއް ހޯދައި ދެވިފައިނުވެއެވެ.

އެގޮތުން ކުންފުނިތަކުގެ މިފަދަ ބަޖެޓުތަކުން މާލީ ތަނަވަސްކަންނެތް ފަރާތްތަކަށް ފިނިޝިން މަސައްކަތްކުރުމަށް ހަމަޖައްސައިދިނުމާއި، ޕެންޝަން ފަންޑުން މަސައްކަތައް ބޭނުންވާ ފައިސާ ލިބޭނެގޮތް ހަމަޖެއްސުމަކީ ސަރުކާރުގެ ޕޮލިސީ ލެވަލްއިން ގެނެވިދާނެ ކުޑަ ނަމަވެސް ބޮޑު ފަސޭހަކަށް ވެގެންދާނެއެވެ. ޕެންޝަންއިން މިކަންކުރުމަށް ބޭނުންވަނީ ސަރުކާރުގެ ސުޕާ މެޖޯރިޓީ އޮންނަ މަޖިލިސްއިން ޤާނުނާށް ބަދަލުގެނައުމެވެ. މި ސަރުކާރުން ވަނީ ޕެންޝަން ޤާނޫނަށް މިފަދަ ބަދަލެއް ގެނެސް ޕެންޝަން ފައިސާއިން ހައްޖަށް ދެވޭނެ މަގުވެސް ފަހިކޮށްދެއްވާފައިކަން ފާހަގަކޮށްލަންޖެހެއެވެ.

6000 އެތަކެއް އާއިލާއެއް ހިޔާ ފުލެޓަށް ވަނުމަށް ތައްޔާރުވަމުން އަންނައިރު ސަރުކާރުން އަދި މިހާތަނަށްވެސް ރައްޔިތުންނަށް ލުއި ލިބޭނެ ގޮތްތައް ހޯދައިނުދެވި ލަސްވާކަމީ ގިނަބައެއްގެ ކަންބޮޑުވުމެކެވެ. އަދި މިއީ އިޖުތިމާޢީ ބޯހިޔާވަހިކަމުން ހާސިލުކުރަން ބޭނުންވާ ހަޤީޤީ މަންފާ ނުލިބިފަ ލަސްވެދާނެފަދަ ކަމެއްކަމަށް ބޯހިޔާވަހިކަމުގެ ދާއިރާއާއި މާލީ ދާއިރާގެ ފަރާތްތަކުން ހާމަކުރައްވަފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.